އެމެރިކާގެ 250 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ތަސްވީރު ހިމެނޭ 1 ޑޮލަރުގެ އާ ފައިސާފޮއްޗެއް އެމެރިކާއިން ނެރެފިއެވެ. މިއީ ވޭތުވެދިޔަ ގަރުނެއްހާ ދުވަހުގެ ތެރޭގައި އެމެރިކާގެ ފައިސާއެއްގައި ދުނިޔޭގައި ހުންނެވި ރައީސެއްގެ ތަސްވީރު ހިމެނި ފުރަތަމަ ފަހަރެވެ.
އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމަންޓުގެ ދަށުން ހިންގާ ޔޫއެސް މިންޓުން ބުނި ގޮތުގައި، މި ފައިސާފޮއްޗަކީ ގާނޫނީ ގޮތުން ބޭނުން ކުރެވޭނެ ފައިސާއެއް ނަމަވެސް، މިއީ ހަނދާނީ ފައިސާފޮއްޗެއްގެ ގޮތުގައި ވިއްކާ އެއްޗެކެވެ. އެގޮތުން 25 ފައިސާފޮތީގެ ރޯލެއް 61 ޑޮލަރަށް އަދި 100 ފައިސާފޮތީގެ ކޮތަޅެއް 154.50 ޑޮލަރަށް ވަނީ ވިއްކަން ފަށާފައެވެ.
އެމެރިކާގެ ގާނޫނުތައް އާންމުގޮތެއްގައި ދުނިޔޭގައި ތިބޭ މީހުންގެ ތަސްވީރު ފައިސާގައި ޖެހުން މަނާކުރި ނަމަވެސް، ޓްރެޝަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވިދާޅުވި ގޮތުގައި މި ފައިސާފޮތި ނެރެފައިވަނީ 2020 ވަނަ އަހަރު ފާސްކުރި ގާނޫނެއްގެ ދަށުންނެވެ. މީގެ ކުރިން 1926 ވަނަ އަހަރު އެމެރިކާގެ 150 ވަނަ އަހަރީ ދުވަހާ ގުޅިގެން ނެރުނު ފައިސާފޮއްޗެއްގައި އޭރުގެ ރައީސް ކެލްވިން ކޫލިޖްގެ ތަސްވީރު ހިމަނާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މި ފައިސާފޮތީގެ އެއް ފަރާތުގައި ޓްރަމްޕްގެ ތަސްވީރާއެކު “ލިބަޓީ” އަދި “1776 - 2026” ލިޔެފައިވާއިރު، އަނެއް ފަރާތުގައި ވަނީ އެމެރިކާގެ ރިޔާސީ ނިޝާނާއި “250” އެވެ. ރަން ކުލައިގައި ހުރި ނަމަވެސް، މީގައި އެއްވެސް ވަރަކަށް ރަން ނުހިމެނޭ ކަމަށާއި، މިއީ ލޮޔާއި ޒިންކް، މެންގަނީޒް އަދި ނިކަލް ބޭނުންކޮށްގެން ހަދާފައިވާ އެއްޗެއް ކަމަށް ޔޫއެސް މިންޓުން ބުނެފައިވެއެވެ.
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ކޮމެންޓް