ކުށް މަދު މުޖުތަމައެއް ބިނާކުރުމަށްޓަކައި ހުރިހާ ފަރާތްތަކުން ފުލުހުންނާ އަތު ގުޅާލައިގެން މަސައްކަތް ކުރުމަށް ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު މުހައްމަދު ގޮވާލައްވައިފިއެވެ.
ޕޮލިސް ކޮމިޝަނަރު މިކަމަށް ގޮވައިލެއްވީ ވަކި މުއައްސަސާއެެއްގެ ގޮތުގައި ފުލުހުންގެ މުއައްސަސާ އުފެދުނުތާ 22 އަހަރު ފުރުމުގެ މުނާސަބަތުގައި މިއަދު ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ކޮމިޝަނަރު ވިދާޅުވީ، ފުލުހުންނަށް އެކަނި ކުށް މަދު ނުކުރެވޭނެ ކަމަށެވެ.
"އަޅުގަނޑުމެންގެ އެންމެ ބޮޑު ބާރަކީ ތިޔަ ލޮބުވެތި ރައްޔިތުން، ކައުންސިލްތަކާއި ޖަމްއިއްޔާތަކާއި އާއްމު ފަރުދުންގެ އަތުގައި ހިފައިގެން ކުށް އުފެދޭ މާހައުލު ނައްތާލުމުގެ ހިތްވަރު އަޅުގަނޑުމެންގެ ކިބައިގައި އެބަހުރި. ފުލުހުންނާ އަތާއަތް ގުޅާލައި ކުށްމަދު މުޖުތަމައެއް ބިނާ ކުރުމަށް އެންމެ ފަރާތްތަކަ ށްގޮވާލަން،" އޭނާ ވިދާޅުވިއެވެ.
ކޮމިޝަނަރު ވިދާޅުވީ، ސައިބާ ކްރައިމް އާއި ޒަމާނީ ކުށްތަކާ ކުރިމަތިލުމުގައި ފުލުހުން ދަނީ ޓެކްނޮލޮޖީ އާއި ތަމްރީނުގެ މަތީ މިންގަނޑުތަކަކަށް ވާސިލުވަމުން ކަމަށެވެ.
އެހެންކަމުން ފުލުހުން ތިބީ ކޮންމެ ގޮންޖެހުމަކަށް ސާބިތުކަމާއެކު ކުރިމަތިލާން ތައްޔާރަށް ކަމަށްވެސް ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ކޮމިޝަނާ އޮފް ޕޮލިސް
ކޮމިޝަނާ އޮފް ޕޮލިސް
ކޮމިޝަނާ އޮފް ޕޮލިސް
ކޮމެންޓް