އޭއެފްސީ 20 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގެ ޑިވެލޮޕްމަންޓް ފޭސްގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭން ކުޅުނު ތިންވަނަ މެޗުގައި މިއަދު މިޔަންމާ ކައިރިން ބަލިވެއްޖެއެވެ.
މިޔަންމާގެ ތުވުނާ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ވަރުގަދަ މިޔަންމާއިން ރާއްޖޭގެ މައްޗަށް ކުރިހޯދީ 6-0 އިންނެވެ. މިއަދުގެ މެޗަށް ނުކުތްއިރުވެސް ރާއްޖެއާއި މިޔަންމާއަށްވެސް އޮތީ ރަސްމީ ކޮލިފިކޭޝަން ފޭސްއިން ޖާގަ ލިބިފައެވެ. އެއީ ގްރޫޕްގެ އެއްވަނަ ނޫނީ ދެވަނައިގައި ހިމެނޭނެކަން ޔަގީންވެފައި އޮތުމުންނެވެ.
ޑިވެލޮޕްމެންޓް ފޭސްގެ ގްރޫޕް ކޭގައި ރާއްޖެއާއި މިޔަންމާގެ އިތުރުން ދެން ހިމެނުނީ ސްރީ ލަންކާއާއި ބްރުނާއީ ދާރުއްސަލާމެވެ. މިޔަންމާއާއި ރާއްޖޭންވެސް ވަނީ ގްރޫޕް ސްޓޭޖުގައި ބްރުނާއީއާއި ލަންކާ ބަލިކޮށްފައެވެ. ރާއްޖޭން ފުރަތަމަ މެޗުގައި ބުރުނާއީ ކައިރިން 2-0 އިން މޮޅުވި އިރު، ލަންކާ ބަލިކުރީ 4-0 އިންނެވެ.
މިޔަންމާއިން މިއަދު ރާއްޖެ ކޮޅަށް ފުރަތަމަ ގޯލް ޖެހީ މެޗުގެ 10 ވަނަ މިނެޓުގައެވެ. ތައު ޒިން ކޯ ޖެހި ގޯލާއެކު މިޔަންމާއިން ލީޑު ނަގާފައިވާ އިރު، އޭގެފަހުން ރާއްޖޭގެ ކީޕަރު ޒަހްރާން ޒިޔާދު ވަނީ މުހިއްމު ސޭވްތަކެއް ކޮށްފައެވެ. އެހެން ނަމަވެސް 21 ވަނަ މިނެޓުގައި ތުރާ މިން ޖެހި ގޯލުން މިޔަންމާ ވަނީ ދެވަނަ ގޯލެއް ޖަހައިފައެވެ.
މިޔަންމާއިން ދެވަނަ ހާފުގައިވެސް ރަނގަޅަށް ކުޅެފައިވާ އިރު، އެޓީމުގެ ތުރާ ވަނީ ހާފުގެ ކުރީކޮޅުގައި އޭނާގެ ދެވަނަ ގޯލްވެސް ޖަހައިފައެވެ. އަދި މިޔަންމާގެ ހަތަރު ވަނަ ގޯލަކީ ޑިފެންސް ކުރަން އުޅުމުގެ ތެރޭގައި ރާއްޖޭގެ ކެޕްޓަން މުހައްމަދު އިލާން ފައިގައި ޖެހި ވަން ގޯލެކެވެ. އޭގެފަހުން މިޔަންމާގެ އަނެއް ދެ ގޯލް ޖެހީ ކައުން ހާންޓް ޔައު އާއި ސްވާން ޒަރް ނީއެވެ.
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ކޮމެންޓް