ވައްކަމުގެ މައްސަލައެއްގައި ތުހުމަތުކުރެވޭ ދެ މީހެއްގެ ވީޑިއޯ ފުޓޭޖު އާންމުކޮށް، އެ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ބުނި ގޮތުގައި، އާންމުކޮށްފައިވާ ވީޑިއޯއިން ފެންނަ ދެ މީހުންނަކީ ހުޅުމާލެ ފޭސް 2 ޕޮލިހުން މިހާރު ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވާ ބައެކެވެ.

https://www.youtube.com/watch?v=hwhvL77pBsw&time_continue=0&source_ve_path=MjM4NTE&embeds_referring_euri=https%3A%2F%2Fwww.police.gov.mv%2F

ނަމަވެސް، އެ ދެ މީހުންނަކީ ކާކުކަން މިހާތަނަށް ދެނެގަނެވިފައި ނުވާތީ، އެ މީހުން އަދި ހޯދިފައެއް ނުވެއެވެ. އެހެންކަމުން، މި މީހުން ދެނެގަތުމަށް އާންމުންގެ އެހީތެރިކަމަށް ފުލުހުން ވަނީ އެދިފައެވެ.

ވީޑިއޯއިން ފެންނަ ދެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ، ހުޅުމާލެ ފޭސް 2 ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9393351 އަށް ގުޅައި އެ މައުލޫމާތެއް ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ. މީގެ އިތުރުން، ކުށްކުރާ މިފަދަ މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް، ފުލުހުން ވަނީ އާންމު ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ.