ރަސްމާލެއާއި ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް މިއަހަރު ނިމިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ، އެ ދެ މަޝްރޫއަށްވެސް ލަސްކަމެއް އައީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ކުރަން ހުރި ހަރަދުތައް ބޮޑުވުމުން ކަމަށެވެ.
"އެހެންނަމަވެސް މިހާރު ފެށިގެން (ރަސްމާލެ) ހިނގަމުންދާތާ ކިތަންމެ ދުވަހެއް. ރަސްމާލޭގެ މަސައްކަތް މި ބަލަނީ މިއަހަރުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭތޯ އިނގޭތޯ އަދިވެސް. އިރާދަކުރެއްވިއްޔާ ނިމިގެންދާނެ" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ރަސްމާލޭގެ ބޮޑުބައެއް މިހާރުވެސް ހިއްކައި ނިމިފައިވާ ކަމަށާއި ބާކީ އޮތް 400 ހެކްޓަރުވެސް މި އަހަރުގެ ތެރޭގައި ހިއްކައި ނިންމާލެވޭނެ ކަމަށެވެ.
ރައީސް ވިދާޅުވީ ގިރާވަރުފަޅު ހިއްކުމަށް ކޮންޓްރެކްޓަރާއެކު ސޮއިކުރެވި ފައިސާ ދީފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި އެތަން ހިއްކައި ނިމޭނެ ކަމަށް ވިދާޅުވިއެވެ.
"އެހެންވީމާ އެ ދެ މަޝްރޫއުވެސް މި އަހަރުގެ ތެރޭގައި ނިންމާލެވޭނެ" ރައީސް ވިދާޅުވިއެވެ.
ރަސްމާލެއަކީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ތަރައްގީކުރާ ރަށެކެވެ.
އަލީ ޔާމިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް