ރާއްޖޭގެ ނާޒުކު ފަރުތައް އާލާކޮށް، ކަނޑުގެ މާހައުލު ދެމެހެއްޓެނިވި ގޮތެއްގައި ހިމާޔަތްކުރުމުގެ މަގުސަދުގައި "ނިވަ ކުރުނބާ މޯލްޑިވްސް" އިން ކުރިއަށްގެންދާ މުރަކަ އިންދުމުގެ ޕްރޮގްރާމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ބައިވެރިވެއްޖެއެވެ.
އެ ރިސޯޓުގައި ކުރިއަށްދިޔަ އެ ހަރަކާތުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފްގެ އިތުރުން ބޭންކުގެ މެނޭޖްމަންޓާއި މުވައްޒަފުން ވަނީ ބައިވެރިވެފައެވެ. މީގެއިތުރުން، އެ ރިސޯޓަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންވެސް އެ ހަރަކާތުގައި ބައިވެރިވެ، ފަރުތަކުގައި މުރަކަ އިންދުމުގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.
ބީއެމްއެލުން މިއަދު ބުނީ ކަނޑުފަޅުގެ ދިރުންތައް ރައްކާތެރިކުރުމުގެ މަސައްކަތުގައި އާންމުންނާއި ފަތުރުވެރިންގެ ބައިވެރިވުން އިތުރުކުރުމަށް ނިވަ ކުރުނބާ މޯލްޑިވްސްއިން އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. އެގޮތުން، އެ ޕްރޮގްރާމަކީ ތިމާވެއްޓަށް ހޭލުންތެރިކަން އިތުރުކޮށް، އަމަލީ ގޮތުން ފަރުތައް އާލާކުރުމަށް ހުޅުވާލެވިފައިވާ ރަނގަޅު ފުރުސަތެއްކަމަށް ބީއެމްއެލުން ބުންޏެވެ.
މީގެ ކުރިން ވެސް ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ ގިނަ މަޝްރޫއުތަކަކަށް އެއްބާރުލުން ދީފައިވާނެކަމަށް ބީއެމްއެލުން ބުންޏެވެ.
އެގޮތުން ގދ. ވާދޫގައި "ވާދޫ އެސޯސިއޭޝަން ފޮ ފިއުޗާ ޑިވެލޮޕްމަންޓް" އިން ހިންގި މުރަކަ އިންދުމުގެ މަޝްރޫއަށާއި، ބ. ދަރަވަންދޫގައި ކުރިއަށްގެންދިޔަ "މުރަކަ ފާމް އިނިޝިއޭޓިވް"އަށް ވެސް ބޭންކުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައިކަމަށް ބީއެމްއެލުން ބުންޏެވެ.
އެފަދަ ހަރަކާތްތަކުގައި ބީއެމްއެލްއިން ބައިވެރިވުމަކީ، ރާއްޖޭގެ ގުދުރަތީ ވެށި ރައްކާތެރިކޮށް، އަންނަން އޮތް ޖީލުތަކަށްޓަކައި ދެމެހެއްޓެނިވި ތަރައްގީ ކަށަވަރުކުރުމަށް އެ ބޭންކުން ދޭ އިސްކަމާއި އަހައްމިއްޔަތުކަން ސާބިތުކޮށްދޭކަމެއްކަމަށް ބީއެމްއެލުން ބުންޏެވެ.
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ކޮމެންޓް