"ދުރިޝްޔަމް: ދަ ކޮންކްލޫޝަން" ގެ ޓްރެއިލާ އާންމުކޮށްފިއެވެ.\
މިއީ އަޖޭ ދޭވްގަން އޭނާގެ އާއިލާ ހިމާޔަތްކުރުމަށް މަސައްކަތްކުރާއިރު، އޭނާގެ ދޮގުތައް ހާމަކުރުމަށް ޖައިދީޕް އަހްލާވަތު ފުލުހެއްގެ ރޯލުން ފެނިގެންދާ ފިލްމެކެވެ.
މި ޓްރެއިލާއިން ފެނިގެންދަނީ އަޖޭ ފިލްމުގައި ކުޅޭ ރޯލު؛ ވިޖޭ ސަލްގާއޯންކަރް އޭނާގެ އާއިލާ ސަލާމަތްކުރުމަށް ހަދާފައިވާ ދޮގުތައް ހޯދުމަށް ފުލުހުން ކުރާ އާ މަސައްކަތްތަކެވެ.
ކްރައިމް ބްރާންޗްގެ އެސްޕީ ރާޖްވީރު ސިންގް ތޯމަރްގެ ރޯލުން ފެނިގެންދަނީ ޖައިދީޕް އަހްލާވަތެވެ. މީގެ އިތުރުން ތާބޫ އަދި ޝްރިޔާ ސަރަން ވެސް އެމީހުންގެ ކުރީގެ ރޯލުތަކުން ފެނިގެންދެއެވެ. އާ ކާސްޓުގެ ގޮތުގައި ޕްރަކާޝް ރާޖް ވަނީ ގާނޫނީ ވަކީލެއްގެ ގޮތުގައި މި ފިލްމާ ގުޅިފައެވެ.
އަބީޝެކް ޕާތަކް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހުއެވެ. މިއީ މި ކާމިޔާބު ކްރައިމް ތްރިލާ ސިލްސިލާގެ އެންމެ ފަހު ފިލްމުކަމަށް ވަނީ އިއުލާނުކޮށްފައެވެ.
އަޖޭ ދޭވްގަން
އަޖޭ ދޭވްގަން
އަޖޭ ދޭވްގަން
އަޖޭ ދޭވްގަން
ކޮމެންޓް