ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ފްލެޓަކުން ވެއްޓި މީހަކު މަރުވެއްޖެއެވެ.
ފުލުހުން ދެންމެ ބުނީއަމާން އުދަރެސްގެ 8 ޓަވަރުން މީހަކު ވެއްޓިގެން އުޅޭކަމުގެ ރިޕޯޓް ލިބުމާ ގުޅިގެން، ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.
އެނގިފައިވާ ގޮތުގައި އެމީހާ ވެއްޓިފައިވަނީ 15 ވަނަ ބުރިންނެވެ. ވެއްޓި މަރުވެފައިވަނީ ފިރިހެނެކެވެ. އެމީހާގެ ބޯ އޮތީ މެދުން ދެފަޅިވެފައެވެ. އަދި އޭނާގެ ހަށިގަނޑުގެ ބައެއް މަސްކޮޅުތައް އެ ސަރަހައްދުގެ އެކި ތަންތަނަށް ބުރައިގެން ގޮސްފައިވާ މަންޒަރުވެސް ފެނެއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ބުނީ ވެއްޓުނީ އުމުރުން 20 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާ ވެއްޓިފައިވާ ކަމަށް ބެލެވެނީ އެ އިމާރާތުގެ 15 ވަނަ ފަންގިފިލާއިން ކަމަށެވެ. އެ ހާދިސާގައި ވެއްޓުނު މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތުދޭ ކަމަށް ފުލުހުން ބުންޏެވެ.
އެ ޒުވާނާ ވެއްޓުނު ހާދިސާ ފުލުހުން ތަހުގީގުކުރަމުންދާ އިރު، އެ ހާދިސާގެ އިތުރު ތަފްސީލެއް ފުލުހުން ދީފައެއް ނުވެއެވެ.
"ވަން" ގެ ނޫސްވެރިން ހާދިސާ ހިނގި ސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް