ގްރޫޕް ހަދައިގެން އަންހެނަކު ރޭޕްކޮށް، ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ނުވަ މީހަކު ހައްޔަރުކޮށްފިއެވެ.

މިއީ މިދިޔަ ހޯމަ ދުވަހު ރިޕޯޓް ކުރި މި މައްސަލައިގައި 22 އަަހަރުގެ ދިވެހި އަންހެނަކަށް ގްރޫޕަކުން ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި އެކަކު އެދުވަހު ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން ދެންމެ ބުނީ، މި މައްސަލައިގައި މިހާތަނަށް ނުވަ ދިވެހި ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން، އެ މައްސަލައިގެ ތަހުގީގަށް މާލޭން ހާއްސަ ޓީމެއް ވެސް ހާދިސާ ހިނގައިގެން އުޅޭ ރަށަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ކުޑަކުދިންތަކަށް ވެސް ޖިންސީ ގޯނާކޮށް، އެ ކުދިން އެކްސްޕްލޮއިޓްކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ވެސް ފެންމަތިވީ، އެ އަންހެން މީހާއަށް ގްރޫޕަކުން ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގު ތެރެއިންނެވެ.

މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.