ރަސްމާލޭގައި އީގަލް ހިލްސް މެދުވެރިކޮށް ހިންގާ މަޝްރޫއުން، ރާއްޖޭގައި ހުރި ޕްރޮޕަޓީތަކަށް ބަލާއިރު ހެކްޓަރަކަށް ޓީޖީއެސްޓީގެ ގޮތުގައި މިހާރު ލިބޭ އާމްދަނީއަށްވުރެ އަށް ގުނަ އިތުރު އާމްދަނީއެއް ލިބޭނެ ކަމަށް މިނިސްޓާ އޮފް އިންފްރާ ސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. އަބްދުالله މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ފެށި މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމްގައި ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، އީގަލް ހިލްސް މެދުވެރިކޮށް ރަސްމާލޭގައި ހިންގާ މަޝްރޫޫއުގެ ދަށުން ތަރައްގީކުރާ ޕްރޮޕަޓީތަކުގެ ފުރަތަމަ މުއާމަލާތުން އެކަނިވެސް ދައުލަތަށް 10 ޕަސެންޓްގެ އާމްދަނީއެއް ލިބޭނެ ކަމަށެވެ. އެއީ 8،800 އަށްވުރެ ގިނަ ޕްރޮޕަޓީތަކުން 3.1 ބިލިޔަން ޑޮލަރުގެ އާމްދަނީއެއް ކަމަށްވެސް ވިދާޅުވިއެވެ.
އޭގެ އިތުރުން ކޮންމެ ޕްރޮޕަޓީއެއްގެ ފުރަތަމަ މުއާމަލާތުން 1.2 ބިލިޔަން ޑޮލަރު ދައުލަތަށް ލިބޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
އެ ޕްރޮޕަޓީތަކުގެ ވެރިފަރާތް ބަދަލުކުރާނަމަ ކޮންމެ މުއާމަލާތެއް ކުރަންޖެހޭނީ ސަރުކާރާއެކު ކަމަށާއި އެކަމުގެ ސަބަބުން އެ މުއާމަލާތްތަކުންވެސް އިތުރު އާމްދަނީ ލިބޭނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ނަމަވެސް މިނިސްޓަރު ވިދާޅުވީ، ފަތުރުވެރިކަމުގެ ގާނޫނުގެ ދަށުން 99 އަހަރަށް 500 ހެކްޓަރުގެ ފަޅެއް ނުވަތަ ބިމެއް ދޭއިރު އިކުއިޒިޝަން ކޯސްޓްގެ ގޮތުގައި ދައުލަތަށް ލިބެނީ 75 މިލިޔަން ޑޮލަރާއި 316 މިލިޔަން ޑޮލަރުގެ އާމްދަނީއަކާއެކު ކުލީގެ ގޮތުގައި އަހަރަކު ދެ މިލިޔަން ޑޮލަރު ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ރަސްމާލެ މަޝްރޫއާއެކު އެހެނިހެން ގޮތްގޮތުންވެސް އިގްތިސާދަށް ފައިދާ ކުރާނެ ކަމަށެވެ. އެގޮތުން، މަޝްރޫއު އެއްކޮށް ނިމުމުން ރަސްމާލެއަށް އެކަނި އަހަރަކު އެއް މިލިޔަން ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އޭގެ ސަބަބުން ދެ ބިލިޔަން ޑޮލަރުގެ އާމްދަނީއެއް އަހަރަކު ވަންނާނެ ކަމަށް ވިދާޅުވިއެވެ.
ރަސްމާލޭގެ މަޝްރޫއު ނިމުމުން 15،000 އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތު ޕްރައިވެޓް ސެކްޓާއިން ފަހިވެ، ވަޒީފާގެ ފުރުސަތުތަކަށް ސަރުކާރަށް ބަރޯސާވާންޖެހޭ މިންވަރު ދަށްވާނެ ކަމަށް ވެސް ވިދާޅުވިއެވެ. މީގެ ސަބަބުން ދައުލަތުގެ ހަރަދު، ދެމެހެއްޓެނިވި ގޮތެއްގައި ކުޑަކުރެވޭނެކަންވެސް ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ ރިއަލްއެސްޓޭޓް ދާއިރާ ކުރިއެރުވުމަކީ ފަތުރުވެރިކަމުގެ ދާއިރާއަށް ހީނަރުކަމެއް އަންނާނެ ކަމެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ، އެ ދާއިރާ އިތުރަށް ކުރިއަރައިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު
އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު
އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު
އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު
ކޮމެންޓް