ބޮލީވުޑްގެ އެކްޓަރު ސައިފް އަލީ ހާނަށް ވަޅިއަކުން ދިން ހަމަލާއާ ގުޅޭ ޝަރީއަތުގެ އަޑުއެހުންތައް މުމްބާއީގެ ކޯޓެއްގައި ހުކުރު ދުވަހު ފަށައިފިއެވެ. ގަލްފް ނިއުސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މައްސަލައިގެ ފުރަތަމަ ހެކިވެރިޔާގެ ގޮތުގައި ހެކިބަސް ދިނީ އެ އާއިލާގައި މަސައްކަތްކުރާ 59 އަހަރުގެ ނަރުހެކެވެ.
ފަސް އަހަރަށް ވުރެ ގިނަ ދުވަހު ސައިފްއާއި ކަރީނާ ކަޕޫރު ހާންގެ ހަގު ދަރިފުޅު ޖޭހް ބެލެހެއްޓުމުގައި އުޅޭ އެ ނަރުސް ވަނީ، ޖެނުއަރީ 16، 2025 ގައި ބާންދްރާގައި ހުންނަ އެ ދެމަފިރިންގެ އެޕާޓްމަންޓަށް ވަތް މީހަކީ 31 އަހަރުގެ މުހައްމަދު ޝަރީފުލް އިސްލާމް ކަމަށް ކޯޓުގައި ދެނެގަނެފައެވެ.
ކޯޓުގައި ހެކިބަސް ދެމުން ނަރުސް ބުނީ، އެ ރޭ ހޭލެވުނު އިރު ތޮތްޕެއް އަޅައިގެން ހުރި މީހެއްގެ ހިޔަނި ކުޑަދަރިފުޅުގެ އެނދު ކައިރިއަށް ދާ ތަން ފެނުނު ކަމަށެވެ. އަޑު ނުލެއްވުމަށް އެ މީހާ އިންޒާރުދީ، ދަރިފުޅު ނަގަން އުޅުމުން ނަރުހަށް ހަމަލާދިން ކަމަށް ދައުވާ އުފުލާ ފަރާތުގެ ބަޔާނުގައިވެއެވެ. ބޭނުންވަނީ ކޮން ކަމެއްތޯ އެހުމުން، ފައިސާ ބޭނުންވާ ކަމަށް ބުނެ އެ މީހާ އެއް ކްރޯޑް ރުޕީސްއަށް އެދުނު ކަމަށް ވެސް ނަރުސް ކޯޓުގައި ބުންޏެވެ.
އެ ވަގުތު ނަރުސް ހަޅޭއްލަވަމުން ނުކުތުމުން ސައިފްއާއި ކަރީނާ އެ ތަނަށް އައި ކަމަށް ދައުވާ އުފުލާ ފަރާތުން ބަޔާންކޮށްފައިވެއެވެ. ނަމަވެސް، ހަމަލާދިން މީހާ ސައިފްގެ ބާރުގެ ދަށަށް ގެނައި ގޮތާ ގުޅޭ ގޮތުން ނަރުސް ކޯޓުގައި ދިން ހެކިބަހުގެ ތަފްސީލެއް ލިބެން ހުރި ރިޕޯޓުތަކުން ކަށަވަރުކުރެވިފައެއް ނުވެއެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ ޝަރީފުލް އިސްލާމް ކުށަށް އިއުތިރާފުވުމަށް ހުށަހެޅި ހުށަހެޅުމެއް ސެޕްޓެންބަރު 11 ގައި ކޯޓުން ބޭރުކޮށްލައި ޝަރީއަތް ހިންގުމަށް ނިންމާފައިވަނިކޮށް، އޮކްޓޫބަރު 8 ގައި އޭނާ ވަނީ އަލުން ކުށަށް އިއުތިރާފުވުމަށް ހުށަހަޅާފައެވެ.
ސައިފް އަލީ ޚާން
ސައިފް އަލީ ޚާން
ސައިފް އަލީ ޚާން
ސައިފް އަލީ ޚާން
ކޮމެންޓް