ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) ގެ ރައީސް ކަމަށް ކާނި ކުންފުނީގެ ސީއީއޯ އަބްދުﷲ ނަޝީދު ހޮވައިފިއެވެ.
ގޭމް އިން އިއްޔެ ސޯޝަލް ސެންޓަރުގައި ބޭއްވި އިންތިހާބުގައި ކާނި އަބްދުﷲ މި މަގާމަށް ހޮވާގފައި ވަނީ 51 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
ގޭމް އިން އިއްޔެ ބޭއްވި އިންތިހާބުގައި އިތުރު ފަސް މަގާމަކަށް މެންބަރުން ހޮވާފައިވެއެވެ. ސެކްރެޓަރީ ޖެނެރަލް ކަމަށް ހޮވިފައި ވަނީ ސައުދުﷲ އަހުމަދު ހަސަން ދީދީ އެވެ.
- ރައީސް: އަބްދުﷲ ނަޝީދު (ކާނި ގްރޭންޑް ސީވިއު)
- ނައިބު ރައީސް: ހަމްޒާ ގާސިމް (ޕޮއިންޓް އިން)
- ސެކްރެޓަރީ ޖެނެރަލް: ސައުދުﷲ އަހްމަދު ހަސަންދީދީ (ތުރީ އިން)
- ކޯޕަރޭޓް އެފެއާޒް: ރާއިފް ޝާޒް ވަލީދު (ދި އަކޫޒް)
- އެކްސްކޯ މެމްބަރު: އަހްމަދު ވަހީދު (ނޫ މޫ)
- އެކްސްކޯ މެމްބަރު: އަހްމަދު ސާމިހު (އެރީނާ ގްރޭންޑް ބީޗް)
ގޭމްގެ ރައީސްގެ މަގާމަށް އަބްދުﷲ ހޮވުނު އިރު، އެންމެ ފަހުން އެ ޖަމިއްޔާގެ ރައީސްގެ މަގާމުގައި ހުންނެވީ އަހުމަދު ނާސިހުއެވެ. އޭނާ ވަނީ އަމިއްލައަށް އިސްތިއުފާ ދެއްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު