ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަލްމަރްހޫމް އިބްރާހީމް ރަޝީދުގެ ހަނދާނުގައި ހުޅުވާލި ތައުޒިޔާގެ ދަފުތަރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ސޮއިކުރައްވައިފިއެވެ.
ދިވެހި ދައުލަތަށް ވަރަށް ދިގު މުއްދަތެއްގައި އިހްލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވައިފައިވާ އަދި 11 ނޮވެންބަރު 1968 އިން 6 ޖަނަވަރީ 1977 އަށް ހެލްތު މިނިސްޓަރުކަން ކުރެއްވި ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ ހެންވޭރު ޒޮނޭރިއާ އަލްމަރްހޫމް އިބްރާހީމް ރަޝީދު އަވަހާރަވީ މިއަހަރުގެ ޖެނުއަރީ މަހުގހެ 31 ވަނަ ދުވަހުއެވެ.
ރައީސް ސޯލިހުގެ އިތުރުން ރައްޔިތުންގެ މަޖިލީސްގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ އަދި މިހާރުވެސް ފުރުއްވަމުންގެންދަވާ ގިނަ ބޭފުޅުންނާއި އާއްމު ފަރާތްތައް ވަނީ މި ތައުޒިޔާގެ ދަފްތަރުގައި ސޮއިކުރައްވާފައެވެ.
ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަލްމަރްހޫމް އިބްރާހީމް ރަޝީދުގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރުގައި ސޮއި ކުރެއްވުމަށް ހުޅުވާލާފައިވަނީ މިމަހުގެ 25 ވަނަ ދުވަހުއެވެ. އެ ދަފްތަރުގައި މިމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ރެޔަކު 9:00 އިން 11:00 އަށް ސޮއިކުރެވޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު