ހަތުރޯންކޭ ކިލާޅީ11އިގެ ޝޫޓިންތައް ނިންމާލައިފިއެވެ.
ސައުތު އެފްރިކާގެ ކޭޕްޓައުންގައި މިދިޔަ މަސްދުވަހު ކުރިއަށް ގެންދިޔަ ޝޫޓިންތައް ނިންމާލުމަށްފަހު ބައިވެރިން ވަނީ އެނބުރި އިންޑިއާއަށް ދިއުމުގެ މަސައްކަތްތައް ފަށާފައެވެ.
މިއަހަރުގެ ސީޒަނަށް ޝޫޓިންތަައް 42 ދުވަސް ވަންދެން ކުރިއަށް ގެންދިއުމަށްފަހު ނިންމާލާފައިވާ ކަން ޕްރޮޑިއުސަރު ރޯހިތު ޝެޓީވެސް ވަނީ ޔަގީންކޮށްދީފައެވެ. 7 އަހަރު ވަންދެން ބެލުންތެރިންނާ ހަމައަށް ގެނެސްދީފައިވާ ޝޯގެ 11 ވަނަ ސީޒަން ޝޫޓުކޮށް ނިމުމަށްފަހު ޝޯ ވަރަށް އަވަހަށް ފެނިގެންދާނެކަމުގައި އޭނާ ވަނީ ބުނެފައެވެ. އަދި މިފަހަރުގެ ސީޒަން ހާއްސަ ވެގެންދާނެ ކަމަށާއި ބެލުންތެރިން ޝައުގުވެރިވާނެ އެތަކެއް ބައިތަކެއް ފެނިގެން ދާނެކަމުގައިވެސް ރޯހިތު ޝެޓީ ވަނީ ބުނެފައެވެ.
މިފަހަރުގެ ސީޒަންގެ ބައިވެރިންގެ ތެރޭގައި ރާހުލް ވެއިދިޔަ، ނިކީ ތަމްބޯލީ، އަބިނާވް ޝުކްލާ، ދިވްޔަންކާ ތުރިޕަތީ، ސަނާ މުކްބަލް، ޝުވެތާ ތިވާރީ، ވިޝާލް އަދިތުޔާ ސިންގު، އަނުޝްކާ ސެން، ވަރުން ސޫދު، އަރުޖުން ބިޖްލާނީ އަދި އާސްތާ ގިލް ފަދަ ތަރީން ހިމެނެއެވެ. ސައުތު އެފްރިކާގެ ކޭޕްޓައުންގައި ޝޫޓިންތައް ކުރިއަށްދިޔައިރު ބައިވެރިން ވަނީ ކޮންމެވެސް ވަރަކަށް ފޮޓޯ އަދި ވީޑިއޯތައް ހިއްސާ ކޮށްފައެވެ.
ފިއާ ފެކްޓާ އަސްލަކަށް ބަލައިގެން އުފައްދަމުން އަންނަ ހަތުރޯންކޭ ކިލާޅީއަކީ އިންޑިއާގައި ބޮޑު މަގުބޫލުކަމެއް ލިބިފައިވާ ޝޯއެކެވެ. އަދި މިޝޯގެ ޝޫޓިންތައް ނަގަމުން އައިސްފައިވަނީ ކޮންމެ އަހަރަކުގެ ވެސް ސައުތު އެފްރިކާގެ ކޭޕްޓައުންގައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން