އދ. ދިއްދޫ ފުޓްސަލް ދަނޑު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

އެމްޓީސީސީން ދިއްދޫ ފުޓްސަލް ދަނޑު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު އދ. އަތޮޅުގެ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގައި މިއަދު ދިއްދުއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެ މަސައްކަތް ފައްޓަވައިދެއްވީ ސްޕޯޓްސް މިނިސްޓަރު އަބުދުﷲ ރާފިއުއެވެ.

އެ ރަސްމިއްޔާތުގައި ކެބިނެޓުގެ މިނިސްޓަރުންނާއި ރައްޔިތުން މަޖިލިހުގެ މެންބަރުންނާއި އެމްޓީސީސީގެ އެމްޑީ އަހުމަދު ސައުދީގެ އިތުރުން ދިއްދޫ ކައުންސިލުު މެންބަރުން އަދި ސަރުކާރު އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 1.74 މިލިޔަން ރުފިޔާއަށް 120 ދުވަހުން ނިންމާ ހަވާލުކުރާގޮތަށެވެ.

މި މަޝްރޫއުގެ ދަށުން ބިންގަނޑުގެ މަސައްކަތް ކުރުމާއި ކޮންކްރީޓް މަސައްކަތްތަކާއި ވަށާފާރު ރޭނުމާއި ކަރަންޓު މަސައްކަތްތައް ކުރާނެއެވެ.