ރާއްޖޭގެ އެތެރޭގެ ވައިގެ ދަތުރުތަކުގެ ޓިކެޓްގެ އަގު ދަށް ކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށް މިނިސްޓަރު އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
އެތެރޭގެ ވައިގެ ދަތުރުތަކުގެ އަގު ހެޔޮ ކުރުމާ ބެހޭގޮތުން، ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރާ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވި، އެތެރޭގެ ވައިގެ ދަތުރު ތަކުގެ ޓިކެޓް މިހާރުވެސް ހުރީ ހަރަދާ އެކަށީގެންވާ ގޮތަށް ނޫން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ ބޯޓު ފަހަރަކީ، ދުނިޔޭގެ އެފަދަ ދަތުރުތަކުގައި ބޭނުންކުރާ، ސަލާމަތީގޮތުން ވެސް އެންމެ ރަނގަޅު ބޯޓު ފަހަރު ކަަމަށެވެ. ނަމަވެސް އެތަކެތި އޮޕަރޭޝަން ކުރުމަކީ ވަރަށް ހަރަދު ބޮޑު ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް މިނިސްޓަރު ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގައި ތެލުގެ އަގު ބޮޑުވުމުން ވެސް ރާއްޖޭގައި ޓިކެޓް އަގުބޮޑުކޮށްފައި ނުވާ ކަމަށެވެ.
"މި ހަނގުރާމައިގައި ވެސް، ތެލުގެ އަގުބޮޑުވެގެން ދިޔައިމާ މުޅި ދުނިޔޭގެ އެއާލައިންތަކުގައި ގާތްގަނޑަކަށް 30 ނޫނީ 40 ޕަސެންޓްގައި ޓިކެޓް ފެއާ މައްޗަށް ގޮސްފައި އެ ހުރީ، އެކަމަކު ވެސް އަޅުގަނޑުމެން ސަރުކާރުން ރައީސް ނިންމެވި ނިންމެވުންތަކާ ގުޅިގެން، ހަރަދުތައް އެހެން ގޮތް ގޮތަށް މެނޭޖްކޮށްގެން، ރައްޔިތުންނާ ހިސާބަށް އެ އަގުބޮޑުނުކޮށް ވަނީ،"
އިބްރާހިމް ޒަކީ
ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން
ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން
ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން
ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން
ކޮމެންޓް