މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) ކަޕްގެ ޗެމްޕިއަންކަން ކިންގްސް ބާސްކެޓްބޯލް ކްލަބުން ހޯދައިފިއެވެ.
ކިންގްސްއިން ޗެމްޕިއަންކަން ހޯދީ ޓީރެކްސް ބަލިކޮށްގެންނެވެ. ޒުވާނުންގެ މަރުކަޒު އެެތެރެ ކޯޓުގައި ރޭ ކުޅުނު ކަޕްގެ ފައިނަލް މެޗުގައި ފޯރިގަދަ ކުޅުމަކަށްފަހު، ކިންގްސްއިން ޓީރެކްސް ބަލިކުރީ، 60-57 ޕޮއިންޓުންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޓީރެކްސްގެ އިސްމާއިލް ވިލްދާން ޔޫސުފެވެ.
މިއަހަރު އެމްބީއޭ ކަޕްގެ ފިރިހެން ޑިވިޝަނުގައި ޖުމުލަ 23 ޓީމަކުން ވާދަކޮށްފައިވެއެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޒައިދާން އާތިފް ޝުކޫރެވެ.
ފިރިހެން ޑިވިޝަނުގެ އެންމެ މޮޅު ކުޅުންތެރިންނަކީ މުހައްމަދު ނާފް އިރުޝާން، ވިލްދާން، އަހުމަދު ލައިލް ޝިފާން،. މުހައްމަދު އަޝްމަލް އަހުމަދު އަދި މުހައްމަދު އައިކް ވަޖީހެވެ.
މިފަހރު އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ ކުއީންސް ބާސްކެޓްބޯލް ކްލަބުންނެވެ.
ފައިނަލުގައި ކުއީންސްއިން ވަނީ މިސްޓިކްސް ބާސްކެޓްބޯލް ކްލަބް އަތުން 88-58 އިން މޮޅުވެފައެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ ކުއީންސްގެ އައިޝަތު އިނާޝާއެވެ.
އަންހެން ޑިވިޝަންގެ މޮޅު ކުޅުންތެރިންނަކީ، ރައީފާ އިބްރާހިމް، މަރިޔަމް ކައިލީން ޝިރުހާން، މަރިޔަމް މަލަކް މުހައްމަދު ސިފާން، އިނާޝާ އަދި އައިޝަތު ރާއީ ހަމްޒާ އެވެ. އަންހެން ޑިވިޝަނުގެ އެންމެ މޮޅު ކުޅުންތެރިއަކީ، ފާތިމަތު ޝައިލާން އަފްޒަލެވެ.
ބާސްކެޓްބޯޅަ
ބާސްކެޓްބޯޅަ
ބާސްކެޓްބޯޅަ
ބާސްކެޓްބޯޅަ
ކޮމެންޓް