އަންނަ އަހަރުގެ ދިރާސީ އާ އަހަރަށް ސަރުކާރުގެ ސްކޫލްތަކުގެ އެލްކޭޖީ އަދި ގްރޭޑް އެކަކަށް ކުދިން ވެއްދުމުގެ ފުރުސަތު އެޑިއުކޭޝަން، ހަޔާ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމެންޓް މިނިސްޓްރީން ހުޅުވާލައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން އިއްޔެކުރި އިއުލާނެއްގައި ބުނީ އަންނަ މަހުގެ ނިޔަލަށް މި ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި، ދަރިވަރުން ސްކޫލަށް ވެއްދުމަށް އެދި ހުށަހަޅަންޖެހޭނީ އެ މިނިސްޓްރީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. ފޯމު ހުށަހަޅާއިރު ބެލެނިވެރިން ފޯރުކޮށްދޭ އީމެއިލް އާއި ފޯނު ނަންބަރަކީ މިނިސްޓްރީގެ ރަސްމީ މުއާމަލާތްތަކަށް ބޭނުންކުރެވޭނެ މައުލޫމާތު ކަމަށްވާތީ، އެއީ ސައްހަ މައުލޫމާތުކަން ކަށަވަރުކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
ސްކޫލަށް ވެއްދުމަށް އެދޭއިރު ދިވެހި ދަރިވަރުން ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި ކުއްޖާ އާއި ބެލެނިވެރިޔާގެ އައިޑީ ކާޑު ކޮޕީގެ އިތުރުން، އަލަށް ސްކޫލަށް ވަންނަ ކުދިންގެ ވެކްސިން ކާޑު ހިމެނޭކަމަށް މިނިސްޓްރީން ބުންޏެވެ. އަދި އެލްކޭޖީއަށް ވަންނަ ކުދިން ނަމަ، އެ ކުދިންގެ ހެދިބޮޑުވުން ދެނެގަތުމަށް ބޭނުންކުރާ ރެކޯޑް ފޯމުވެސް ހުށަހަޅަންޖެހޭނެކަމަށް މިނިސްޓްރީން ބުންޏެވެ.
ބިދޭސީ ދަރިވަރުންނަށްވެސް ސްކޫލަށް ވަނުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، އެ ދަރިވަރުންގެ ޕާސްޕޯޓާއި ވިސާގެ އިތުރުން ބެލެނިވެރިޔާގެ ވޯކް ޕާމިޓް ފަދަ ލިޔެކިޔުންތައް ހުށަހަޅަންޖެހޭނެކަމަށް މިނިސްޓްރީން ބުންޏެވެ. މީގެ އިތުރުން، ދިރިއުޅޭ ގޭގެ މައުލޫމާތު ކަށަވަރުކުރުމަށްޓަކައި ގޭގެ ރަޖިސްޓްރީ ނުވަތަ ކުލީގެ އެއްބަސްވުން ފަދަ ލިޔެކިޔުންތައް ހުށަހެޅުން ލާޒިމުވާނެކަމަށް މިނިސްޓްރީން ބުންޏެވެ.
ދަރިވަރުން ސްކޫލަށް ވެއްދުމުގައި އުމުރުފުރާ ކަނޑައެޅުމަށް ބޭނުންކުރާނީ މިދިޔަ އަހަރުވެސް އަމަލުކުރި މިންގަނޑުތައްކަމަށް މިނިސްޓްރީން ބުންޏެވެ.
މުހައްމަދު އިޝާން
މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ކޮމެންޓް