ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން މިދިޔަ ޖޫން މަހު އެކަނިވެސް 57.9 މިލިއަން ރުފިޔާ ހަރަދުކޮށްފިއެވެ.

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ޖޫން މަހުގެ ނިޔަކަށް އެންސްޕާ މެދުވެރިކޮށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަނީ 57،938،000 ރުފިޔާ ހަރަދުކޮށްފައެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުގައި އެ އެހީ ފޯރުކޮށްދީފައިވަނީ 15414 މީހަކަށެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15652 މީހުން ރަޖިސްޓަރީވެފައިވެއެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރަޕިއުޓިކް ފަރުވާއަށް ދޭ މާލީ އެހީގެ ގޮތުގައި ޖޫން މަހު ގޮތުގައި 129 މީހަކަށް 6 މިލިއަން ރުފިޔާ ދީފައިވެއެވެ.

މީގެ އިތުރުން ފަގީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީގެ އެހީގެ ގޮތުގައި މޭ މަހު 3160 މީހަކަށް 16.2 މިލިއަން ރުފިޔާ އެންސްޕާއިން ދީފައިވެއެވެ.