އއ. އުކުޅުހުގައި 50 ހައުސިން ޔުނިޓް ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
އުކުޅުހުގައި ހަދާ 50 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް ފަށާފައިވަނީ، ކުދި ޖަޒީރާ ގައުމުތަކުގެ އޮޑިޓް އޮފީސްތަކުގެ މަހާސިންތާ ޝަރަފުވެރިކޮށްދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒާއި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު އއ. އުކުޅަހަށް މިއަދު ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. މި ރަސްމިއްޔާތުގައި މި މަޝްރޫއުގެ ކޮންޓްރެކްޓަރު، އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބައިވެރިވެވަޑައިގަތީ އެ ކުންފުނީގެ މެނޭޖަރު އިބްރާހީމް އަޒީމެވެ.
މި މަޝްރޫއުގެ ދަށުން އުކުޅަހުގައި އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ ތިން ކޮޓަރީގެ އެޕާޓްމަންޓް ހިމެނޭ 50 ހައުސިން ޔުނިޓެވެ. މި މަސައްކަތް ހަވާލުކޮށްފައިވާ އަލްޓެކް މޯލްޑިވްސްއާއެކު ކޮންޓްރެކްޓްގައި ސޮއިކޮށްފައިވަނީ 6 ނޮވެމްބަރު 2025 ގައެވެ.
އއ. އުކުޅުހުގައި 50 ހައުސިން ޔުނިޓް ހެދުމުގެ މަޝްރޫއު، އަލްޓެކް މޯލްޑިވްސްއާ ހަވާލުކުރީ ޖުމުލަ 600 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.
އއ. އުކުޅަސް
އއ. އުކުޅަސް
އއ. އުކުޅަސް
އއ. އުކުޅަސް
ކޮމެންޓް