އިންފްލޭޓަބަލް ވޯޓާ ޕާކާ (ބޭނުން ނުކުރާ ވަގުތުތަކުގައި ފައްޖަހާގޮތަށް ފަރުމާކޮށްފައި ހުންނަ މޫދު ޕާކުތައް) އެކު ރަސްފަންނު ތަރައްގީކުރަން މާލެ ސިޓީ ކައުންސިލަށް ހުށަހަޅައިފިއެވެ.
މާލެ ސިޓީ ކައުންސިލްގެ 11 ވަނަ ބައްދަލުވުމުގައި އެގޮތަށް ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ އެމްޑީޕީ ކައުންސިލަރު އިބްރާހިމް ލަބާން ޝަރީފްއެވެ.
ލަބާން ވިދާޅުވީ އެއީ މާލޭގައި ދިރިއުޅޭ ރައްޔިތުންނާއި މާލެއަށް ޒިޔާރަތްކުރާ މީހުންނަށް ހިތްފަސޭހަ އަދި ރައްކާތެރި މާހައުލަކާ އެކު، މުނިފޫހިފިލުވޭނެ ޒަމާނީ ވަސީލަތްތަކެއް ގާއިމު ކުރުމަށް ހުށަހަޅާ ހުށަހެޅުމެއް ކަމަށެވެ.
އޭނާ ވިދާޅުވީ ރަސްފަންނު މޫދަށް އެރޭ ސަރަހައްދުގައި ވޯޓާ ސްލައިޑްއަކާއި އިންފްލޭޓަބަލް ވޯޓާ ޕާކަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ރޭންޕްތަކެއްގެ އިތުރުން ބީޗުކުޑަ އާއި ސަން ބެޑް ފަދަ ތަކެތި ބެހެއްޓުން މުހިންމު ކަމަށެވެ.
"މި ކަމަކީ ހަމައެކަނި ވަސީލަތްތަކެއް ގާއިމް ކުރުމެއް ނޫން. މިއީ މާލެއާއި މާލެ ސަރަހައްދުގެ ރައްޔިތުންނަށް ހައްގުވާ ފެންވަރުގެ ހިތްފަސޭހަ، ޝާމިލް މާހައުލެއް ހޯދައދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއް،" ކައުންސިލަރު ލަބާން ވިދާޅުވިއެވެ.
އެ ބައްދަލުވުމުގައި ކައުންސިލްގެ މެންބަރުން ވަނީ ލަބާންގެ އެ ހުށަހެޅުމަށް ތާއީދު ކުރައްވައިފައެވެ. އަދި އެ މަސައްކަތް އިތުރަށް ދިރާސާ ކުރުމަށް މާލެ ސިޓީ ކައުންސިލުން ވަނީ އެ ކައުންސިލުގެ އާބަން ޕްލޭން ކޮމިޓީއަށް ރަސްފަންނު ތަރައްގީކުރަން ފޮނުވައިފައެވެ.
ފާތިމަތު ލިއުޝާ
ރަސްފަންނު
ރަސްފަންނު
ރަސްފަންނު
ކޮމެންޓް