އޭޝިއަން ޑިވެލޮޕްމަންޓް ބޭންކު (އޭޑީބީ) އިން ރާއްޖެއަށް 50 މިލިއަން ޑޮލަރު (772.5 މިލިއަން ރުފިޔާ)ގެ ކުއްލި އެހީގެ ލޯނެއް ހަމަޖައްސައިދީފިއެވެ.
އޭޑީބީން އިއްޔެ ބުނީ އޭޑީބީގެ "އެނާޖީ ސެކިއުރިޓީ އެމަޖެންސީ އެސިސްޓެންސް ޕްރޮޖެކްޓް" ގެ ދަށުން ދޫކުރާ މި ފައިސާ ބޭނުން ކުރާނީ ކަރަންޓު އުފެއްދުމަށާއި ފެން އުފެއްދުމަށް ބޭނުންވާ ޑީސަލް އެތެރެކުރުމަށާއި ކާބޯތަކެއްޗާއި ސިއްހީ ހިދުމަތްތަކަށް ބޭނުންވާ ތަކެތި އުފުލުމާއި ކުނި މެނޭޖްކުރުމުގެ މަސައްކަތަށާއި އަތޮޅުތެރޭގެ ދަތުރުފަތުރާއި މުދާ އުފުލުމަށް ކަމަށެވެ.
އޭޑީބީން ބުނީ ރާއްޖެއަކީ އެތެރެކުރާ ތެލަށް ބަރޯސާވާ ގައުމެއް ކަމަށާއި ކަރަންޓު އުފެއްދުމުގެ 94 ޕަސެންޓް ހިއްސާކުރަނީ ޑީސަލް ކަމަށެވެ.
ނަމަވެސް މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލި، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަށަށް ގޮސްފައިވާތީ އެކަމުގެ ސަބަބުން ތެޔޮ އެތެރެކުރަން ސަރުކާރަށް މާލީ ދަތިތަކަކާ ކުރިމަތިވަމުންދާ ކަމަށެވެ.
އޭޑީބީން ލޯނު ދީފައިވާ އިރު، ވޯލްޑް ބޭންކުން ވެސް ވަނީ ތެޔޮ އެތެރެކުރަން ރާއްޖެއަށް 40 މިލިއަން ޑޮލަރުގެ ލޯނެއް މިދިޔަ މޭ މަހު ހަމަޖައްސައިދީފައެވެ.
އޭޝިއަން ޑިވެލޮޕމެންޓް ބޭންކް
އޭޝިއަން ޑިވެލޮޕމެންޓް ބޭންކް
އޭޝިއަން ޑިވެލޮޕމެންޓް ބޭންކް
ކޮމެންޓް