ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންކުރާ ބޭހެއްގެ އަސްލާ އެއްގޮތަށް ނަކަލުކޮށްގެން ހަދާފައިވާ ބެޗެއް ރާއްޖެ އެތެރެކޮށްފައިވާތީ، އެ ބެޗުގެ ބޭހެއް އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފިއެވެ.

އެމްއެފްޑީއޭ އިން ނެރުނު އެލާޓެއްގައި ބުނެފައިވާ ގޮތުގައި މަނާކޮށްފައިވަނީ އޮޕްޑީވޯ ބްރޭންޑުގެ ނިވޯލުމެބް އިންޖެކްޝަންގެ ބެޗު ނަންބަރު 8081399 އެވެ. އަޔާލޭންޑުގެ ބްރިސްޓޮލް މެޔާސް ސުކުއިބް ކްރޫޒަރާތު ބަޔޮލޮޖިކްސް އިން އުފައްދާ މި ބޭހުގެ ނަކަލު ބެޗެއް ރާއްޖެ އެތެރެކޮށްފައިވާކަން ކަށަވަރުވެފައިވާ ކަމަށް އެ އޮތޯރިޓީން މައުލޫމާތު ދެއެވެ.

ވީމާ، މި ބޭހުގެ އެ ބެޗު އެއްވެސް ގޮތަކަށް ރާއްޖެ އެތެރެކޮށް، ވިއްކައި އަދި ބޭނުންކުރުމަކީ މަނާކަމެއް ކަމަށް އެމްއެފްޑީއޭ އިން ވަނީ އާންމުކޮށް އަންގައި އިއުލާންކޮށްފައެވެ.

މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންވާނަމަ އެ އޮތޯރިޓީގެ ހޮޓްލައިން ނަންބަރު 7200321 އަށް ގުޅުމަށް އެމްއެފްޑީއޭ އިން ވަނީ އެދިފައެވެ.