އީރާނާއެކު ވަގުތީ އެއްބަސްވުމަކަށް އައުމަށް ކުރި މަޝްވަރާތައް ނާކާމިޔާބުވީ އެމެރިކާގެ ސަބަބުން ކަމަށް އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ތުހުމަތުކުރައްވައިފިއެވެ.
ޕެޒެޝްކިއާން މި ތުހުމަތުތައް ކުރެއްވީ އިއްޔެ އީރާނުގެ ދައުލަތުގެ ޓެލެވިޒަން މެދުވެރިކޮށް ދެއްކެވި ވާހަކަފުޅެއްގައި ކަމަށް ރޮއިޓާސްއިން ރިޕޯޓުކޮށްފައިވެއެވެ.
ދައުލަތުގެ ޓެލެވިޒަނުން ފޮނުވި މި ވާހަކަފުޅުގައި، މަޝްވަރާތަކަށް ހުރަސްއެޅި ކަމަށް ވިދާޅުވެ ޕެޒެޝްކިއާން ވަނީ ވޮޝިންޓަނަށް ބަހުގެ ހަމަލާތަކެއް ދެއްވައިފައެވެ. އެގޮތުން ދެ ފަރާތުގެ ދެމެދުގައި މަޝްވަރާތައް ކުރިއަށްދަނިކޮށް، އެމެރިކާ މީހުން ސިފަކުރައްވަމުން އެއީ ހުރިހާ ކަމެއް ގޯސްކޮށްލި "ފިނޑި" ބައެއް ކަމަށް ޕެޒެޝްކިއާން ވިދާޅުވިއެވެ. އަދި މަޝްވަރާތައް ރޫޅައިލުމުގެ ޒިންމާ އެމެރިކާއިން އުފުލަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެމެރިކާއަށް މިފަދައިން ފާޑުވިދާޅުވި ނަމަވެސް، އެއްބަސްވުމަކާ ހަމައަށް ވާސިލުވުމަށް އީރާނުން އަދިވެސް މަސައްކަތްކުރަން ޖެހޭ ކަމަށް ޕެޒެޝްކިއާން ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، ކުރީގެ މަޝްވަރާތައް ނާކާމިޔާބުވި ކަމުގައި ވިޔަސް، އެ އެއްބަސްވުން ނިންމުމަށްޓަކައި އަލުން މަސައްކަތް ފަށައި ކުރިއަށްގެންދަން ޖެހޭ ކަމަށް އަދިވެސް ދެކެވަޑައިގަންނަވައެވެ.
އިރާން
އިރާން
އިރާން
އިރާން
ކޮމެންޓް