އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލުން މިރޭ ބްރައިޓަން ބަލިކުރި އިރު، މެންޗެސްޓާ ޔުނައިޓެޑުން ބޯންމައުތު ކައިރިން ތަފާތު ބޮޑުކޮށް ބަލިކޮށްފިއެވެ.
ލިވަޕޫލުން އަމިއްލަ ދަނޑުގައި ބްރައިޓަން ކައިރިން 2-0 އިން މޮޅުވި އިރު، ހާލަތު ގޯސްކޮށް އޮތް ޔުނައިޓެޑުން ބޯންމައުތު އަތްދަށުވީ 3-0ގެ ނަތީޖާއަކުންނެވެ. އެއީ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައެވެ. ޔުނައިޓެޑުން މިހާތަނަށް ލީގުގައި ކުޅުނު އަށް މެޗުގެ ތެރެއިން އެޓީމަށް މޮޅުވެވުނީ އެންމެ މެޗަކުންނެވެ. މައިކަލް ކެރިކަށް މިވަގުތު ބޮޑު ޕްރެޝަރަކާ ކުރިމަތިލާން ޖެހިފައިވާ އިރު، އެޓީމު އޮތީ 16 ވަނައިގައެވެ. އެއީ އަށް މެޗުން ހަތް ޕޮއިންޓާއެކުގައެވެ. ޔުނައިޓެޑް ވަނީ ލީގުގައި މިހާތަނަށް ތިން މެޗުން ބަލިވެ، ހަތަރު މެޗުން އެއްވަރުވެފައެވެ.
ލިވަޕޫލުން މިރޭ ހޯދި މޮޅާއެކު އެޓީމު ވަނީ ގަދަ ހަތަރެއްގެ ތެރެއަށް ޖެހިލައިފައެވެ. އެއީ އަށް މެޗުން 15 ޕޮއިންޓާއެކުގައެވެ. ކުރިން ޗެލްސީން ހަތަރު ވަނައިގައި އޮތް އިރު، އެޓީމު ރޭ ޓޮޓެންހަމް ކައިރިންވީ ބައްޔެވެ. އޭގެ ފައިދާ ލިވަޕޫލުން ނެގި އިރު، ޗެލްސީއަށް އަށް މެޗުން ލިބިފައި ވަނީ 13 ޕޮއިންޓެވެ.
މިދިޔަ ހަފުތާގެ ޗެމްޕިއަންސް ލީގު މެޗުންވެސް ޔުނައިޓެޑް ބަލިވެފައިވާ އިރު، އެމެޗަށްފަހު ކެޕްޓަން ބްރޫނޯ ފެނާންޑޭޒް ވަނީ ކެރިކްގެ ޓެކްޓިސްއާ ދޭތެރޭ ސުވާލު އުފައްދައިފައެވެ. އެއާއެކު ކެރިކް މިރޭގެ މެޗަށް ނެރުނު ފުރަތަމަ 11 އިން ފެނާންޑޭޒަށް ޖާގަ ދީފައެއް ނުވެއެވެެ. އެއީ މިދިޔަ އަހަރު މޭ މަހު ބްރެންޓްފޯޑާ ދެކޮޅަށް ކުޅުނު މެޗަށްފަހު ޔުނައިޓެޑްގެ މެޗެއްގެ ފުރަތަމަ 11 އިން ފެނާންޑޭޒްއަށް ޖާގަ ގެއްލުނު ފުރަތަމަ ފަހަރެވެ. މެޗުގައި ފަހުންވެސް ފެނާންޑޭޒް ފެނިގެން ގޮސްފައެއް ނުވެއެވެ.
މެޗުގެ ފުރަތަމަ ހާފުގައިވެސް ރަޔަންއާއި މާކަސް ޓަވަނިއާގެ ގޯލްތަކުން ބޯންމައުތުން މެޗުގެ ކޮންޓްރޯލް ހޯދިއެވެ. އޭގެ އިތުރުންވެސް އެ ދެކުޅުންތެރިންގެ ހަމަލާތައް ފުރަތަމަ ހާފުގައި ފެނުނު ނަމަވެސް، ކާމިޔާބެއް ނުވިއެވެ. އަނެއްކޮޅުން ބްރަޔަން އެމްބުއޭމޯ ފޮނުވާލި ހަމަލާ މަތަކޔރީ ޖޯޖޭ ޕެޓްރޮވިޗެވެ.
ދެވަނަ ހާފުގައި އެވަނިލްސަން ތިންވަނަ ގޯލް ޖެހި އިރު، އެ ގޯލަކީ ލެވިސް ކުކް ތަނަވަސްކޮށްދިން ފުރުސަތުގައި އޭނާ ކާމިޔާބުކޮށްދިން ގޯލެކެވެ.
ލިވަޕޫލުން އަނެއްކާވެސް ފޯމަކަށް އެޅެމުންދާ އިރު، މިރޭގެ މެޗުގައިވެސް ސްވިޑެން ފޯވަޑް އެލެކްސެންޑާ އިސާކް ވަނީ ގޯލް ޖަހައިފައެވެ. މިރޭގެ މެޗަކީ ޖެހިޖެހިގެން އޭނާ ގޯލް ޖެހި ތިންވަނަ މެޗެވެ. މިރޭގެ މެޗަކީ ބްރައިޓަންއިން ލީގުގައި ބަލިވި ދެވަނަ މެޗެވެ. ޗެލްސީ ކަައިރިން ބަލިވިފަހުން ރަނގަޅު ފޯމެއްގައި އޮތް ބްރައިޓަން ކޮޅަށް ލިވަޕޫލުން ފުރަތަމަ ހާފުގައި ގޯލްތައް ޖެހި އިރު، ދެން އެޓީމު ކޮޅަށް ވަން އަނެއް ގޯލަކީ ބައިކޮޅަށް ވަން ގޯލެކެވެ.
ލިވަޕޫލްގެ ފުރަތަމަ ގޯލް ޕަސްކަލް ގްރޮސް އަތުން ބައިކޮޅަށް ވަން އިރު، ދެން އިސާކް ވަނީ އޭގެ އިރުކޮޅެއްފަހުން ދެވަނަ ގޯލް ޖަހައިފައެވެ. ދެވަނަ ހާފުގައި ލިވަޕޫލުން ވަނީ ނަތީޖާ ހިފަހައްޓާލައިފައެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
ކޮމެންޓް