ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ދައުލަތުގެ މުދާ ވިއްކާލި މައްސަލަ ފާހަގަކުރައްވައި، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރައްދުދެއްވައިފިއެވެ.
ރަސްމާލޭގައި ރެސިޑެންސީ ޓޫރިޒަމަށް 20 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކުރުމަށް ހަވާލުކުރި ޔޫއޭއީގެ އީގަލް ހިލްސްއާ އިދިކޮޅު އެމްޑީޕީން ދެކޮޅު ނުވުމަށް، އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރުންގެ ކިބައިން ރައީސް ނަޝީދު ވަނީ އިއްޔެ އެދިވަޑައިގެންފައެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ނަޝީދު ވިދާޅުވީ އުސޫލެއްގެ ގޮތުން ރަސްމާލޭގެ މަޝްރޫއަށް ތާއީދުކުރެވޭ ކަމަށާއި އީގަލް ހިލްސްގެ ޗެއާމަން އަލް-އައްބާރަށް ފުރައްސާރަކޮށްގެން ނުވާނެ ކަމަށެވެ. އަދި އީގަލް ހިލްސް އާއި ޔޫއޭއީގެ ކުންފުންޏެއް ރާއްޖެއަށް އިންވެސްޓްކުރުމާ ދެކޮޅު ހެދުމަކީ އެމްޑީޕީއަށް ގެއްލުންވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.
ޕީއެންއެފުން މިރޭ ބޭއްވި ޖަލްސާއެއްގައި، ނަޝީދަށް ރައްދުދެއްވަމުން ޔާމީން ވިދާޅުވީ، ދެތިން މީހަކު ނޫނިއްޔާ ރަސްމާލެ މަޝްރޫއު ރަނގަޅުވެގެން ވާހަކަ ނުދައްކާ ކަމަށެވެ. އަދި "ރައީސް ނަޝީދު ނޫންތޯ މި ގައުމުގެ ހުރިހާ މުދަލެއް ވިއްކާލީ. ދިރާގު ވިއްކާލީ، ފެން ކުންފުނި ވިއްކާލީ، އެއާޕޯޓު ވިއްކާލީ. އެހެންވީމާ މިއީ ގައުމިއްޔަތަކާއި ދިވެހިރާއްޖޭގެ މިކަހަލަ ކަންކަމުގައި ވިސްނައިވަޑައިގެންފައި ކަން ކުރެއްވި ބޭފުޅެއް ނޫން" ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ރަސްމާލޭގައި އީގަލް ހިލްސްއިން ހިންގާ ބިޔަ މަޝްރޫއާ ގުޅިގެން އެމްޑީޕީގެ އިސްވެރިންގެ ހިޔާލު ތަފާތެވެ. އެގޮތުން ރައީސް ނަޝީދު މުޅިން އެ މަޝްރޫއާ ދެކޮޅު ހައްދަވާފައިނުވާ އިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޝްރޫއާ ދެކޮޅެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކޮމެންޓް