ބ. ދަރަވަންދޫ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ ވިސިޓް ދަރަވަންދޫ ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަންކަން ބ. ދޮންފަނުން ހޯދައިފިއެވެ.
ދޮންފަނުން ތަށި ހޯދީ ރޭ ދަރަވަންދޫ ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި ދަ ނޮޓިލަސްގެ މައްޗަށް 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. މުބާރާތުގައި ޖުމުލަ އަށް ޓީމަކުން ވާދަކޮށްފައިވާ އިރު، އޭގެ ތެރޭގައި ދެ ރިސޯޓުވެސް ހިމެނެއެވެ. މުބާރާތުގައި ވާދަކުރި ރިސޯޓުތަކަކީ ޑުސިޓް ތާނީ މޯލްޑިވްސްއާއި ނޮޓިލަސްއެވެ. ދެން ވާދަކުރީ ކިންގްސް ޔުނައިޓެޑް، ލަޔަންސް ޔުނައިޓެޑް، ޓީމް ދޮންފަނު، ނިއު ސްޕީޑްސް، ކިހާދޫގެ އިތުރުން ދޮންފަނު ވެޓެރަންސްއެވެ.
ރޭ ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ގޯލް، ފުރަތަމަ ހާފް ނިމެނިކޮށް ދޮންފަނަށް ޖަހައިދިނީ ބިދޭސީ ކުޅުންތެރިޔާ މޮހޮސިން މޮންތާޒެމީއެވެ. އަދި ދެވަނަ ހާފްގައި މުހައްމަދު ފައިޒާން ފަޒީލް ހެޓްރިކް ފުރިހަމަ ކުރި އިރު، މެޗުގެ ފަހު ގޯލް ޖަހައިދިނީ އިބްރާހީމް ރާއީއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ދޮންފަނުގެ މޮހޮސިންއެވެ.
މުބާރާތުގެ ފައިނަލަށްފަހު ނިންމުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވާ އިރު، އެންމެ މޮޅު ކޯޗަކަށް ހޮވުނީ ދޮންފަނުގެ ކޯޗު އިސްމާއީލް ރަޝީދު (އިސްމަ) އެވެ. އެންމެ މޮޅު ކީޕަރަކީ ދޮންފަނުގެ ކީޕަރު އަބްދުލް އަހަދު ހުސައިނެވެ. ފެއާ ޕްލޭ ޓީމަކަށް ނިއު ސްޕީޑް ހޮވުނު އިރު، އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ދޮންފަނުގެ މޮހޮސެންއާއި އެޓީމުގެ މުހައްމަދު ފައިޒާންގެ އިތުރުން ނޮޓިލަސްގެ މުހައްމަދު ނަވީދު، އަހުމަދު ސަބާހް އަދި ކިންގްސް ޔުނައިޓެޑްގެ އަހުމަދު އެލްސާއިދެވެ.
ފުޓްސަލް
ފުޓްސަލް
ފުޓްސަލް
ފުޓްސަލް
ކޮމެންޓް