ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުނު 62 އަހަރުގެ މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ވ. ފުލިދޫ، ހަޒާރުމާގެ، އަހުމަދު ނަސީރު އެވެ.
ކުރިމިނަލް ކޯޓުން އިއްޔެ ނެރުނު ބަންދު އަމުރުގައިވާ ގޮތުން ނަސީރު ބަލައި ފާސްކޮށްފައިވަނީ އޭނާ ރާއްޖެއަށް އައިިއިރު ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކޮށްފައިވާ ކަމަށް ޝައްކު ކުރެވިގެންނެވެ. އެގޮތުން އޭނާ ބޮޑުކަމުދިޔައިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 19 ބުލެޓް ފެނުނު ކަމަށާއި އެ ތަކެތީގެ ބަރުދަނުގައި 427 ގްރާމް ހުރި ކަމަށް ފުލުހުން ބުނެފައިވެއެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ގެންދިޔުމުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށްފައިވާތީ ކުށުގެ ބާވަތުން އާނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާ އޮތް ކަމަށް ވަނީ ކަނޑައަޅައިފައެވެ. އަދި މައްސަލައިގެ ޝަރީއަތް ނިމެންދެން އޭނާ ވަނީ ބަންދުކޮށްފައެވެ.
ފުލުހުން ނަސީރުގެ މައްޗަށް ކުރަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކް ކުރުމުގެ ތުހުމަތެވެ.
މަސްތުވާތަކެތި އެތެރެކުރުން
މަސްތުވާތަކެތި އެތެރެކުރުން
މަސްތުވާތަކެތި އެތެރެކުރުން
ކޮމެންޓް