ސީޒަން ޕެރަޑައިސްގައި ދެ ދުވަހުގެ ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ލިބޭ ގިވްއަވޭއެއް ވަން އޮންލައިން އިން ފަށައިފިއެވެ.
ވަން އޮންލައިންގެ މާކެޓިން މެނޭޖަރު މަރިޔަމް ހަޝްމާ ވިދާޅުވީ، މި ގިވްއަވޭ ހަރަކާތަކީ މިދިޔަ ސެޕްޓެމްބަރު މަހު ފެށި ގިވްއަވޭ ހަރަކާތުގެ ތެރެއިން ތިން ވަނަ ގިވްއަވޭ ހަރަކާތް ކަމަށެވެ.
"މި މަހު އަޅުގަނޑުމެންގެ ގިވްއަވޭ މި ކުރިއަށްގެންދަނީ ސީޒަން ޕެރަޑައިސްއާ ގުޅިގެން. އެގޮތުން ނަސީބުވެރި އެކަކަށް އިތުރު ބޭފުޅަކާއެކު ސީޒަން ޕެރަޑައިސްގައި ފުލްބޯޑު އެބަ ލިބޭ ދެ ރެޔަށް، އަރާމު ޗުއްޓީއަކަށް މިއީ ސަޅި ގިވްއަވޭއަކަށް ވާނެ." ހަޝްމާ ވިދާޅުވިއެވެ.
މިއަދު ފެށި މި ގިވްއަވޭގެ ނަސީބުވެރިޔާ އިއުލާނުކުރުން އޮންނާނީ މި މަހުގެ 30 ވަނަ ދުވަހުއެވެ.
ގިވްއަވޭގައި ބައިވެރިވެވޭނެ ގޮތް
- ވަން އޮންލައިންގެ ފޭސްބުކް، އިންސްޓަގްރާމް އަދި ޓިކްޓޮކް އެކައުންޓަށް ފޮލޯ ކުރުން
- ވަން އޮންލައިންގެ އިންސްޓްގްރާމް ޕޭޖުން ޕޯސްޓުކުރާ ގިވްއަވޭ ޕޯސްޓަށް ލައިކެއް ދިނުން
- ވަން އޮންލައިންގެ ގިވްއަވޭ ޕޯސްޓު އެ މީހެއްގެ ފޭސްބުކް، އިންސްޓަގްރާމް އަދި ޓިކްޓޮކް ސްޓޯރީގައި ޝެއާކުރުން
- ވަން އޮންލައިންގެ ގިވްއަވޭ ޕޯސްޓުގެ ކޮމެންޓު ބައިގައި 8 މީހުން ޓެގް ކުރުން
"ވަން" އިން ވަނީ މިދިޔަ މަހު ފަރީ ހައްޖު އެންޑް އުމްރާ ގްރޫޕާ ގުޅިގެން އުމްރާ ދަތުރެއް ގިވްއަވޭގެ ގޮތުގައި ދީފައެވެ. އަދި އޭގެ ކުރިން ޓެކްޓިމޯ 70 އިންޗީގެ ސްމާޓް ޓީވީއެއް ވެސް ވަނީ ގިވްއަވޭއެއްގެ ގޮތުގައި ދީފަވެއެވެ.
ކ. ތުލުސްދޫގައި ހިންގަމުން އަންނަ ސީޒަން ޕެރަޑައިސްއަކީ ލޯކަލް ޓޫރިޒަމްގެ ދާއިރާއިން ފާހަގަކޮށްލެވޭ ފުރިހަމަ ޚިދުމަތްތަކަކާ އެކު ފަތުރުވެރިންނަށް މެހެމާންދާރީ އަދާކުރަމުން އަންނަ މަގުބޫލު ހޮޓަލެކެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ލޯންޗުގައި ގާތްގަނޑަކަށް 20 މިނެޓުން ދެވޭ މި ހޮޓަލުގައި ޖުމުލަ 48 ކޮޓަރި ހުރެއެވެ. މި ތަނުގައި އެކި ފަންތީގެ ފަތުރުވެރިންނަށް ހާއްސަކޮށްގެން ފަސް ބާވަތެއްގެ ކޮޓަރި ތައްޔާރުކޮށްފައިވެއެވެ. ޒަމާނީ ފަސޭހަތަކާ އެކު ފަރުމާކޮށްފައިވާ މި ކޮޓަރިތަކުން ރަށުތެރެއާއި ގޮނޑުދޮށުގެ ރީތި މަންޒަރުތައް ފެންނާން ހުރެއެވެ.
ގޮނޑުދޮށާ ކައިރީގައި ހުންނަ ސީޒަން ޕެރަޑައިސްގެ އެންމެ މަތީ ފަންގިފިލާގައި ހިތްގައިމު އިންފިނިޓީ ޕޫލަކާއި ކަސްރަތު ކުރާނެ ޖިމެއް ހުރެއެވެ. އެކި ގައުމުތަކުގެ ކެއުންތައް ލިބޭ ރެސްޓޯރެންޓަކާއި ހަށިގަނޑަށް އަރާމު ލިބިދޭ ވެލްނެސް ހިދުމަތްތައް ވެސް އެ ތަނުގައި ގާއިމުކޮށްފައިވެއެވެ.
ތުލުސްދޫގެ މަޝްހޫރު ރާޅާއަޅާ ސަރަހައްދުތަކާ ކައިރި މި ހޮޓަލުން މޫދު ކުޅިވަރާއި ފީނުމުގެ އިތުރުން ކަނޑުމަތީގެ އެކި ދަތުރުތައް އިންތިޒާމުކޮށްދެއެވެ. ރިޒޯޓު ފެންވަރުގެ ހިދުމަތްތައް ރަށެއްގެ މާހައުލުން ލިބިގެންދާ މި ހޮޓަލަކީ ރާއްޖެއާއި ބޭރު ދުނިޔޭގެ ދަތުރުވެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ތަނެކެވެ.
އަލީ ޔާމިން



ވަން އޮންލައިން
ވަން އޮންލައިން
ވަން އޮންލައިން
ވަން އޮންލައިން
ކޮމެންޓް