ދިރާގުގެ ބޯޑުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރުކަން ގިނަ ދުވަސްތަކެއް ވާންދެން ކުރެއްވި ރިލްވާން ޝަރީފް އުމުރުން 72 އަހަރުގައި މިއަދު ނިޔާވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި ރިލްވާން ނިޔާވީ ސިއްހީ ހާލަތު ގޯސްވެގެން އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަނިކޮށެވެ.
ރިލްވާނަކީ މާލީ ވުޒާރާގައި ގިނަ އަހަރުތަކެއް ވާންދެން ހިދުމަތް ކުރައްވައި، ރާއްޖޭގެ މާލީ ސިޔާސަތުތައް އެކަށައެޅުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. އެގޮތުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމާއި ޑެޕިއުޓީ މިނިސްޓަރު ކަމުގެ މަގާމު އޭނާ ފުރުއްވިއެވެ.
ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގެ ފަހުކޮޅު ރާއްޖެއަށް ގެނައި މާލީ ގިނަ އިސްލާހުތަކާއި ތަރައްގީގެ މަޝްރޫއުތައް ތަންފީޒުކުރުމުގައިވެސް އޭނާގެ ހިއްސާ ބޮޑެވެ.
ސަރުކާރުގެ ފަރާތުން ދިރާގުގެ ބޯޑަށް އައްޔަންކުރެއްވުމާ ގުޅިގެން ރިލްވާން ވަނީ އެ ކުންފުނީގެ ޗެއާމަންކަންވެސް ކުރައްވައިފައެވެ. އޭނާ އެ މަގާމުން ވަކިކުރެއްވީ ފެބްރުއަރީ 2015 ގައެވެ. މީގެ އިތުރުން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ޑިރެކްޓަރު ކަމުގެ މަގާމުވެސް އޭނާ އަދާކުރެއްވިއެވެ.
ރާއްޖޭގެ ވައިގެ ދަތުރުފަތުރާއި ވިޔަފާރީގެ ދާއިރާގައި ފާހަގަކޮށްލެވޭ ރިލްވާން ވަނީ ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރުގެ ގޮތުގައި އެ ކުންފުނީގެ އޮޕަރޭޝަންތައް ފުޅާކުރުމުގައިއިސް ދައުރެއް އަދާކުރައްވާފައެވެ.
އޭނާއަކީ އޮސްޓްރޭލިއާގެ މެލްބަންގައި ހުންނަ އާރުއެމްއައިޓީ ޔުނިވަަސިޓީން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.
އަލީ ޔާމިން
މަރު
މަރު
މަރު
މަރު
ކޮމެންޓް