އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕްގެ ކޮލިފައިން އަށް ތައްޔާރުވަމުންދާ ރާއްޖެއާއި ފަލަސްތީނުން ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗު، ފަލަސްތީނުން 3-0 އިން ކާމިޔާބު ކޮށްފިއެވެ.
ފަލަސްތީނުން ކ. ގުރައިދޫގައި ކޭމްޕް ކުރަމުންދާ އިރު، އެޓީމާއި ރާއްޖެއިންވެސް މިހާރު ދަނީ ކޮލިފިކޭޝަނަށް ތައްޔާރުވަމުންނެވެ. ފަލަސްތީނުގެ ކޭމްޕުގެ ތެރެއިން ފަލަސްތީނުން ރާއްޖެއާ ދެކޮޅަށް ދެމެޗު ކުޅެފައިވާ އިރު، ފުރަތަމަ މެޗުގައި ރާއްޖެ ބަލިކުރީ 5-0 ގެ ނަތީޖާއަކުންނެވެ. އެއީ ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗުންނެވެ.
މިރޭ ގައުމީ ދަނޑުގައި ކުޅުނު މެޗުން ރާއްޖެ ބަލިވި ނަމަވެސް، ކުރީ މެޗާ ބަލާފައި ރާއްޖެއިން ވަނީ ކުޅުން ރަނގަޅު ކޮށްފިއެވެ.
މެޗުގައި ފަލަސްތީނުން ވަނީ ފުރަތަމަ ހާފުގައި ދެ ގޯލް ޖަހައިފައެވެ. މެޗުގެ ހަވަނަ މިނިޓުގައި ފަލަސްތީނަށް ލީޑު ނަގައިދިނީ އެޓީމުގެ ކެޕްޓަން، ޔަޒާން އަނާން ހަލީފާއެވެ. ފުރަތަމަ ހާފު ނިމެން ދަނިކޮށް، ފަލަސްތީނުގެ އަބްދުލް ރަހްމާން ވަލީދު ސަލާހު ނެގި ކޯނަރެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ރާއްޖެ ކޮޅަށް ގޯލް ވަނީ އިބްރާހީމް މުއާދު ފައިގައި ޖެހިފައި ބައިކޮޅަށެވެ.
ދެވަނަ ހާފުގައި ރާއްޖޭން ރަނގަޅަށް ޑިފެންސް ކޮށްފައިވާ އިރު، ފަލަސްތީނުން ތިން ވަނަ ގޯލް ޖެހީ މެޗުގެ 84 ވަނަ މިނިޓްގައެވެ. އެ ގޯލް ޖެހީ ފަލަސްތީނުގެ ކަރީމް ޔޫސުފް އަލް-ހަތީބް ޖެހި ގޯލެކެވެ.
ރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމު އޭއެފްސީ ކޮލިފައިންއަށް ތައްޔާރުވަނީ އިބްރާހިމް ސައީދު (ކަކާ)ގެ ކޯޗުކަމުގައެެވެ. މިއީ ފަލަސްތީނުގެ 17 އަހަރުން ދަށު ޓީމުން ރާއްޖޭގައި ކޭމްޕް ކުރާ ދެވަނަ ފަހަރެވެ.
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ކޮމެންޓް