ސަރުކާރުގެ ލޯނު ސްކީމުގެ ދަށުން ސްޕެއިންގައި ކިޔަވަމުން އަންނަ ކުދީންނަށް ދޭންވާ ލޯނުފައިސާ ދޫކޮށްފައިވާކަމަށް ހަޔަ އެެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުއްރަހީމް ހަސަން ވިދާޅުވެއްޖެއެވެ.
ސްޓޭޓް މިނިސްޓަރު މިހެން ވިދާޅުވީ ސަރުކާރުގެ ލޯނު ސްކީމުގެދަށުން އެކި އެކި ގައުމުތަކުގައި ކިޔަވަމުން އަންނަ ކުދީންނަށް ލޯނުފައިސާ ލިބުން ދަތިވެފައިވާ މައްސަލައާއެކު، ސްޕެއިންގައި ތިބި ކިޔަވާ ކުދީންނަށް ފައިސާ ނުލިބުމުގެ ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޕެޓިޝަން ދިރާސާ ކުރުމަށް މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި ވާހަކަ ދައްކަވަމުންނެވެ.
އަބްދުއްރަހީމް ވިދާޅުވީ، އެކުދީންނަށް ފައިސާ ދޫކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ އިންސްޓޯލްމަންޓްތަކަަކަށް ބަހާލައިގެން ތިން ޕޭމަންތްގެ ގޮތުގައި ކަމަށެވެ.
އެގޮތަށް ހަ މަހުން ހަމަހުން ފައިސާ ދޫކުރާއިރު ކުއްޖާ ކިޔަވައިތޯ ބަލަން ޖެހޭ ކަމަށާއި، އެއީ އެކްޓިވް ސްޓޫޑެންޓެއްކަން އެކުއްޖާ ކިޔަވާ ޔުނިވަސިޓީއަކުން އެންގުމާއެކު ފައިސާ ދޫކުރާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ
"އެ ކޮންފޮމޭޝަން އެނގުމާއެކީ ފައިސާ ދޫކުރާނެ، ނަމަވެސް ކިޔަވަމުން ނުދާ ކުއްޖަކަށް ފައިސާ ދައްކަމުން ނުދިއުމަށް އޮޑިޓުން ލަފާ ދީފައިވާތީ، އެ ކޮންފޮމޭޝަން ނެތް ފަރާތަކަށް ނުވަތަ އެކަން ސާބިތުކޮށްދޭ ލިއޔުމެއް ހުށަނާޅާ ފަރާތަކަށް ފައިސާ ދޫނުކުރެވޭ،"
ނަމަވެސް އަބްދުއްރަހީމް ވިދާޅުވީ ސްޕެއިންގައި ކިޔަވަމުންދާ ކުދިންނަށް މިހާރު ދިމާވެފައިވާ މައްސަލައަކީ، ލޯނު ފައިސާގެ މައްސަލައެއްނޫން ކަމަށެވެ.
މި މައްސަލައަކީ ކޔެވުމަށް އެކުދިންނަށް ދޫކުރި ފައިސާއިން ދެކޮޅު ނުޖެހިގެން އިތުރު ފައިސާއަށް އެދިފައިވާ މައްސަލަ ކަމަށެވެ.
އެގޮތުން މިފަހަރު ހުޅުވައިލި ޓޮޕްއަޕް ލޯނަށް ކުރިމަތި ލި 72 ދަރިވަރުންގެ ތެރެއިން 52 ދަރިވަރން ލޯނަށް ހޮވިފައިވާތީ، އެ ލޯނަށް ފައިސާ ފޮނުވަން ބޭނުންވާ މައުލޫމާތުތައް ދަރިވަރުންގެ ފަރާތުން ފޮނުވުމުން އެބްރީމެންޓްގައި ސޮއިކޮށް ޓޮޕްއަޕް ލޯޟނުގެ ފައިސާވެސް އެކުދިންނަށް ފޮނުވޭނެކަމަށް އޭނާ ވިދާޅުވިއެވެ.
ޓޮޕްއަޕް ލޯނަކީ ފުރަތަމަ މަރުހަލާގައި ކިޔެވުމަށް ދޫކުރާ ކޯނުން ކިޔެވުން ފުރިހަމަ ނުވެއްޖެނަމަ އިތުރު ފުރުސަތެއް ދިނުމުގެ ގޮތުން ތައާރަފްކޮށްފައިވާ ލޯނުސްކީމެކެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖެގެ 127 ކުދިން ސްޕެއިންގައި ޕައިލެތްކަން ކިޔަވަމުންދާ ކަމަށެވެ.
އިބްރާހިމް ޒަކީ
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
އެމްޓީޑީސީ