ކުރިޔަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައް ގަދަވާނެ ކަމަށާއި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ބޯކޮށް ވާރޭ ވެހުމާއެކީ ވިއްސާރަ ކުރާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ބުނެފިއެވެ.
މީޓްރޮލިޖިސްޓް ޑިއުޓީ ފޯކާސްޓާ އިބްރާހިމް އަނިލް މިއަދު "ވަން" އަށް ވިދާޅުވީ، ކުރިޔަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވާރޭ ވެހި ގުގުރުން އެކަށީގެންވާ ކަމަށެވެ.
"ވައިގެ ބާރުމިން، ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުރުތުން ކަހަލަ ގޮތަކަށް، ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި. މެދުރާއްޖެތެރެ އާއި އުތުރަށް 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި 40 މޭލަަށް ވައިގަދަވާނެ ހުރިހާ ހިސާބެއްގައިވެސް. ކަނޑުތައްވެސް ވިލާގަނޑުގައި ގަދަވާނެ،" އަނިލް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ މިއަދުގެ 11:00 އަށް ހއ. އިން ތ. އަށް މޫސުން ގޯސްވާނެ ކަމަށާއި ވިލާގަނޑުގައި އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުން އިތުރަށް ގޯސް ކަމަށް ދައްކާނަމަ އިތުރު އެލާޓުތައް މިއަދު ވެސް ނެރޭނެ ކަމަށެވެ.
ރާއްޖޭގެ ދެކުނުގެ ކަނޑުތައް މަޑުވި ނަމަވެސް މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުގެ ރަށްތަކަށް ވިލާގަނޑުގައި އިތުރަށް ގަދަވެދާނެ ކަމަށް ލަފާކުރާ ކަމަށް މީޓްރޮލޮޖިސްޓް އަނިލް ވިދާޅުވިއެވެ.
މެޓް އޮފީހުން މިއަދު ވެސް ވަނީ މޫސުން ގޯސްކޮށް އުޅޭތީ ދަތުރުކުރާ ފަރާތްތަކުން، ދަތުރަށް ފެއްޓުމުގެ ކުރިން ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
ފާތިމަތު ލިއުޝާ
ހުޅަނގު މޫސުން
ހުޅަނގު މޫސުން
ހުޅަނގު މޫސުން
ހުޅަނގު މޫސުން
ކޮމެންޓް