ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ފަރުމާކޮށް ހިންގުމުގައި ދިވެހި އިންޖިނިއަރުން ދައްކައިދޭ މަތީ ހުނަރުވެރިކަމަށް ރާއްޖެއަށް އަންނަ ބޭރުގެ ތަޖުރިބާކާރުންވެސް ތައުރީފު ކުރާކަމަށް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ގައުމީ އިންޖިނިއަރުންގެ ދުވަސް ފާހަގަކުރުމަށް ބާސެލޮސް ނަސަންދުރާގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މުއްތަލިބު ވިދާޅުވީ ރާއްޖޭގެ ރަށްތަކަކީ މުރަކައިގެ ބިންތިރި ރަށްތަކަކަށް ވާތީ، ކޮންމެ އުމްރާނީ ތަރައްގީއެއްވެސް ގެންނަން ޖެހެނީ ތިމާވެއްޓަށް ރިއާޔަތްކޮށްގެން ކަމަށެވެ.
އެގޮތުން ހަދާ ކޮންމެ ބަނދަރަކާއި، ކޯޒްވޭއަކާއި، އެއާޕޯޓެއްގެ އިތުރުން ހިއްކާ ބިންތައްވެސް ފަރުމާކުރުމުގެ މުހިންމު ދައުރު އަދާކުރަނީ ދިވެހި ފަންނުވެރިންކަމަށް ވިދާޅުވިއެވެ.
"މިކަމުގައި ދިވެހި އިންޖިނިއަރުންގެ ދައުރެއް ނެތްކަމަށް ބުނެ ހުނަރުވެރިންގެ އަގު ވަޒަންކުރަން ނޭނގޭ ބަޔަކު އެހެން ބުންޏަސް، ދިވެހި އިންޖިނިއަރުންނަކީ ކުޅަދާނަ ގާބިލު ބައެއް،" މުއްތަލިބު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް އަންނަ ބޭރުގެ ތަޖުރިބާކާރުންވެސް ދިވެހި އިންޖިނިއަރުންގެ ގާބިލުކަމާމެދު ތައުރީފުކުރާ ކަމަށެވެ. އިންޖިނިއަރުންނަކީ ގައުމު ބިނާކުރުމުގައި ފަރުދާގެ ފުރަގަހުގައި ތިބެ އަގުހުރި ހިދުމަތްތަކެއް ކުރަމުން އަންނަ ފަހުލަވާނުންތަކެއް ކަމަށް މިނިސްޓަރު މުއްތޮލިބު ފާހަގަކުރެއްވިއެވެ.
މުހައްމަދު އިޝާން
އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު

ކޮމެންޓް