ރޭ މާލެ ސަރަހައްދަށް މޫސުން ގޯސްވެ، ކޮންޓްރޯލުން ނެއްޓިގެން އޮޔާދިޔަ ދެ ތެޔޮ ބޯޓު ސިނަމާލެ ބުރިޖުގައި ޖެހި ހިނގި ހާދިސާގައި، ބުރިޖުގެ މައި ސްޓްރަކްޗާއަށް ގެއްލުމެއް ނުވި ނަމަވެސް ކުދި ކޫރުންތަކެއް ލާފައިވާކަމަށް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މާލޭގެ އުތުރު ފަރާތު ކާނިވަލާ ދިމާލުގައި އަޅާފައި އޮއްވާ، ކަނޑުގަދަވެ ވައިބާރުވުމުގެ ސަބަބުން ކޮންޓްރޯލުން ނެއްޓިގެން ދިޔަ ދެ ބޯޓުގެ ތެރެއިން އެއް ބޯޓު ވަނީ ބުރިޖުގެ ތަނބެއްގައި ޖެހިފައެވެ. އެ ހާދިސާއާ ގުޅިގެން ބުރިޖު ބަލަހައްޓާ ޗައިނާގެ ސެކަންޑް ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އިން ވަނީ ރެއާއި މިއަދު ހާއްސަ އިންސްޕެކްޝަނެއް ކުރިއަށް ގެންގޮސްފައެވެ.
މުއްތަލިބު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބުރިޖުގެ އޮނިގަނޑަށް ބޮޑު ގެއްލުމެއް ނުވި ނަމަވެސް، ފާހަގަކުރެވުނު ކުދި ކޫރުންތަކެެއް ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތަށް ސީއެޗްއީސީން މަރާމާތުކުރާނެ ކަމަށެވެ.
އެފަދަ ހާދިސާތަކަކީ ބުރިޖުތަކަށާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން މާލެ ސަރަހައްދުގެ މުހިންމު އިންފްރާސްޓްރަކްޗާތަކަށް އޮތް ބޮޑު ނުރައްކަލެއްކަމަށް މުއްތަލިބު ވިދާޅުވިއެވެ. އެހެންކަމުން، އެފަދަ ކަންކަމުން ރައްކާތެރިވުމަށްޓަކައި، ކޮންޓްރޯލުން ނެއްޓޭ އުޅަނދުފަހަރު ބުރިޖާ ހަމައަށް ދިޔަނުދީ ހިފެހެއްޓޭނެ ފަދަ ބާރުގަދަ ދެ ޓަގު ބޯޓު ހޯދުމުގެ މަސައްކަތް އެމްޕީއެލްއިން ކުރަމުންދާ ކަމަށާއި، ކުރިއަށް އޮތް ދެ މަސް ތެރޭގައި އެ ޓަގުތައް ލިބޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަދި ބަނދަރުގައި އުޅަނދުފަހަރު އެޅުމުގެ އުސޫލުތައް މުރާޖާކޮށް، ކޯސްޓްގާޑާއި ކަމާބެހޭ އިދާރާތައް ގުޅިގެން ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ހަރުދަނާ އުސޫލުތަކެއް އެކުލަވާލަމުންދާކަމަށް މުއްތަލިބު ވިދާޅުވިއެވެ.
އެ ހާދިސާގައި ހިމެނޭ "ކޭޖީ 1" އަދި "އޭއެލް 1" ނަމަކަށް ކިޔާ ދެ ޓޭންކަރަކީ، އެއްވެސް އިދާރާއަކަށް އެންގުމަކާ ނުލައި އަދި ކްލިއަރެންސް ނުހޯދައި ގަވާއިދާ ހިލާފަށް ރާއްޖޭގެ ސަރަހައްދަށް ވަދެގެން މީގެ މަސްތަކެއް ކުރިން ހިފަހައްޓާފައިވާ ދެ ބޯޓެވެ. 20 އިންޑިއާ ފަޅުވެރިން ތިބި އެ ދެ ބޯޓުގެ މައްސަލަ އެމްއެންޑީއެފާއި ކަސްޓަމްސް އަދި ޓްރާންސްޕޯޓް އޮތޯރިޓީ ގުޅިގެން ދަނީ ތަހުގީގު ކުރަމުންނެވެ.
މުހައްމަދު އިޝާން
އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު
އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު
އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު
އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު
ކޮމެންޓް