ހަތަރުސަތޭކައަށްވުރެ ގިނަ ބައިވެރިންނާއެކު "މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް (އެމްއޭއެފް) 2026" ފަށައިފިއެވެ.
މިއީ ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް، (ސީއޭ މޯލްޑިވްސް) އިން ކޮންމެ އަހަރަކު ސިލްސިލާކޮށް ބާއްވާ ފޯރަމެކެވެ.
މި ފޯރަމަކީ ރާއްޖޭގައި މަސައްކަތް ކުރާ އެކައުންޓެންޓުންނާއި އޮޑިޓަރުންގެ މެދުގައި އިލްމު ހިއްސާކުރުމާއި މަޝްވަރާ އުފެއްދުމާއި ފަންނީ ތަޖުރިބާ އިތުރު ކުރުމަށް ބާއްވާ ފޯރަމެކެވެ.
މި ފޯރަމްގައި ޕްރޮފެޝަނަލް އެކްސެލެންސް ޕްރޮމޯޓްކޮށް، މެދުނުކެނޑި އުނގެނުމާއި އެކައުންޓިން ޕްރޮފެޝަނަލުންގެ މެދުގައި އަހްލާގީ އުސޫލުތައް ތައާރަފު ކުރުމަށް ހިތްވަރުދިނުން ހިމެނެއެވެ.
ހުޅުމާލޭ މެންހަޓަން ގްރޭންޑް ހޮޓެލްގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ފޯރަމުގައި ރާއްޖޭގެ އެކައުންޓެންޓުންނާއި މާލީ އަދި ވިޔަފާރި ދާއިރާގެ އިސް ފަރާތްތަކުގެ އިތުރުން ސިޔާސަތު ކަނޑައަޅާ ފަރާތްތައް ހިމެނޭހެން 400އަށްވުރެ ގިނަ ބައިވެރިން ބައިވެރިވެއެެވެ. ތަފާތު އެކި މައުލޫތަކަށް ޕްރެޒެންޓޭޝަންތަކާއި ކީ ނޯޓް ސްޕީޗްތަކުގެ އިތުރުން ޕެނަލް ޑިސްކަޝަންތައް މި ފޯރަމްގައި ކުރިއަށްގެންދާނެއެވެ.
ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީއޭ މޯލްޑިވްސްގެ ރައީސް މުހައްމަދު ހަލީމް އަބްދުﷲ މިއަދު ވިދާޅުވީ، މިއީ މިހާރު ހަމައެކަނި އެކައުންޓަންޓުން އެއްވާ އެއްވުމެއް ނޫން ކަމަށާއި މާލީ މާހިރުންނާއި ވިޔަފާރިވެރިން، ސިޔާސަތު އެކަށައަޅާ ފަރާތްތަކާއި ރެގިއުލޭޓަރުން، އިންވެސްޓަރުން އަދި ތައުލީމީ ދާއިރާގެ ބޭފުޅުން ހިމެނޭހެން ގައުމީ ފެންވަރުގެ ފުޅާ ޕްލެޓްފޯމަކަށް މި ފޯރަމް ބަދަލުވެފައިވާ ކަމަށެވެ.
އިބްރާހިމް ޒަކީ
އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް
އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް
އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް
އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް
ކޮމެންޓް