އިންޑިއާގެ ޓްރިވެންޑްރަމްގައި އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެއެވެ.
އިއްޔެ ހެނދުނު 5:30 އިން ފެށިގެން ގެއްލިގެން ހޯދަމުންދިޔައީ ރ. މީދޫ، އަތަމާގެ، އަލީ އިބްރާހީމް (އައްޔަބޭ) އެވެ.
އާއިލާގެ ފަރާތުން އަލީ އިބްރާހީމްގެ ދަރިއަކު "ވަން" އަށް މިއަދު ބުނީ އޭނާގެ ބައްޕަ މިއަދު ހެނދުނު 7:00 ހާއިރު ފެނިފައިވާ ކަމަށާއި ބައްޕަގެ ހާލު ރަނގަޅު ކަމަށެވެ.
އަލީ އިބްރާހީމް ގެއްލިފައިވަނީ ބޭސްފަރުވާއަށް ޓްރިވެންޑްރަމްއަށް ގޮސް އުޅެނިކޮށެވެ. އޭނާ ގެއްލިގެން މައްސަލަ އިންޑިއާ ފުލުހުންނަށް ވެސް ރިޕޯޓުކޮށްފައިވާ ކަމަށް އާއިލާއިން ބުނެފައިވެއެވެ.
އަލީ އިބްރާހީމް ހޯދުމަށް އެހީތެރިކަން ފޯރުކޮށްދިން ހުރިހާ ފަރާތްތަކަށް އާއިލާގެ ފަރާތުން ވަނީ ޝުކުރު އަދާކޮށްފައެވެ.
ގެއްލިގެން ހޯދާ މީހުން
ގެއްލިގެން ހޯދާ މީހުން
ކޮމެންޓް