އާންމުންނަށް އުނދަގޫކުރާ މައްސަލައިގައި ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާ އަށް ހިންމަފުށީ ރިހެބިލިޓޭޝަން ސެންޓަރަށް ބަދަލުކޮށްފައި ހުއްޓައި އެ ތަނުން ފިލައިފިއެވެ.
ފުލުހުން ބުނީ ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ހިންމަފުށީގައި ހިންގާ މަރުކަޒަށް އޭނާ ބަދަލުކުރީ ފުލުހުންގެ ބެލުމުގެ ދަށުން ކަމަށާއި މިއަދު މެންދުރުފަހުގެ ވަގުތެއްގައި އޭނާ އެތަނުން ފިލާފައިވާ ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
އޭނާ ހައްޔަރުކުރީ ބިރުދެއްކުމާއި މުދަލަށް ގެއްލުން ދިނުމާއި މާރާމާރީ ހިންގުން އަދި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުގެ ތުހުމަތުގައެވެ.
އޭނާ ހައްޔަރުކުރީ މިމަހުގެ 18 ވަނަ ދުވަހު އެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރިއެވެ. އެ މުއްދަތު ހަމަވާނީ އަންނަ ހޯމަ ދުވަހުއެވެ.
ފައިރިޝް އުނދަގޫކުރާ މައްސަލަ ހައްލުނުވާތާ ގިނަ ދުވަސްތަކެއްވެ، މުހައްމަދު ސައީދު ނަމަކަށް ކިޔާ މީހަކު ވަނީ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކޮށްފައެވެ. ހެންވޭރު ޕޮލިހާއި އެތަނުގެ ބޭރުގައި ސައީދު ކުރަމުންދިޔަ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ނިންމާލާފައިވަނީ ހަޅުތާލުގައި ހުންނަތާ 35 ގަޑިއިރަށްފަހުއެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް
ކޮމެންޓް