ރާއްޖެ މިނިވަންކަންމަތީ ދެމިއޮތުމަށް ދިވެހި ސިފައިން ކުރި ޖިހާދާއި ހިތްވަރުން އިބުރަތް ލިބިގަންނަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ދުވަހުގެ ހެޔޮއެދުންތައް ދިވެހި ސިފައިންނާއި އެންމެހާ ރައްޔިތުންނަށް އަރިސް ކުރައްވައިފައެވެ.
"އަޅުގަނޑުމެންގެ މި ދިވެހި ފަސްގަނޑު މިނިވަންކަންމަތީ ދެމިއޮތުމުގައި ދިވެހި ސިފައިންގެ ހިތްވަރާއި ކުރެއްވި މަތިވެރި ޖިހާދަކީ އެއިން އިބުރަތް ލިބިގަންނާން ޖެހޭ ފިލާވަޅުތަކެއް،" ރައީސް ވިދާޅުވިއެވެ.
ރައީސްގެ ޕޯސްޓްގައި ވަނީ ޝަހީދުންގެ ދުވަހުގެ ހާއްސަ ލަވައިގެ ޅެން ބައިތުތަކެއް ވެސް ހިމަނުއްވައިފައެވެ.
"ކިޔާ ދޫތަކުން މީ ޝުކުރުވެރި ތަރާނާ، ޝަހީދުންގެ ޒިކުރާގެ މަތިވެރި ފަސާނާ، ހިޔާ ފެތުރުވީ ރީތި މިނިވަން އަމާނާ، ފިދާކޮށް މި ވަތަނަށްޓަކާ ރޫހު ޖާނާ،"
ރައީސް މުއިއްޒުގެ ދެކަނބަލުން ވަނީ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ބޭއްވި ދިދަ ޖެހުމާއި ގާޑު މައުންޓް ކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައިފައެވެ.
އެ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުންގެ އަރިހުގައި މިނިސްޓަރުންނާއި ސަރުކާރުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. މި އަހަރުގެ ނަސްރުގެ ދުވަސް ވެސް ފެށީ ބޮޑު ޖަމާއާތުގައި ކުރި ފަތިސް ނަމާދުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް