ޅ.އަތޮޅު ފަޅުރަށަކުން ފެނުނު ފަސް ފޫޓުގެ ކިނބުލެއް ހިފައި އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި އެ ކިނބޫ ފެނިފައިވަނީ، ޑިންގީއެއްގައި ޅ. އަތޮޅު ދިއްދޫ ނަމަކަށް ކިޔާ ފަޅުރަށްދިޔަ ބަޔަކަށް މިއަދު ހެނދުނު 07:00 ހާއިރުއެވެ.
ކިނބޫ ފެނުމުން އެމީހުން ވަނީ ކިނބޫ ހިފައި ޅ. ނައިފަރަށް ގެންގޮސްފައެވެ. އެ ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއަށް ލިބިފައިވަނީ ނައިފަރު ޕޮލިސް ސްޓޭޝަންގެ ފަރާތުން މިއަދު 10:51 ހާއިރު ކަމަށެވެ.
އަދި އެ ހާދިސާގެ މައުލޫމާތު ލިބުމުން، އެމްއެންޑީއެފް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ސިފައިން ހާބަކްރާފްޓްގައި ނައިފަރަށް ގޮސް، އެ ކިނބޫ މިހާރު ޅ. މާފިލާފުއްޓަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުން ދޭތެރެ ދޭތެރެއިން ކިނބޫ ފެނެއެވެ.
އާއިޝަތު މާހާ
އާޓްސް މިނިސްޓަރ
އެމްއެމްއޭ