މިހާރު ސްކޮޓްލެންޑްގެ ގްލާސްގޯގައި ކުރިއަށްދާ 23 ވަނަ ކޮމަންވެލްތު ގޭމްސްގައި ރާއްޖޭން ވާދަކުރި ފެތުންތެރިން ޖުމުލަ 12 ރެކޯޑެއް ހަދައިފިއެވެ.
މި ފަހަރުގެ ކޮމަންވެލްތު ގޭމްސްގެ ރާއްޖޭން ވާދަކުރި ފެތުންތެރިންނަކީ އަމްނާ ތަޒްކިޔާ މިރުސާދު، މެރާލް އައިން ލަތީފް، މުހައްމަދު ރިހާން ޝިހާމް، ލޫތު މުހައްމަދު ހުސެއިން އަދި މުހައްމަދު އާން ހުސެއިނެވެ.
ތަޒްކިޔާ ވަނީ މިފަހަރުގެ ގޭމްސްގައި ޖުމުލަ ހަތަރު ރެކޯޑެއް އާކޮށްފައެވެ. އެއީ އޭނާ އަތުގައި އޮތް އަންހެނުންގެ ލޯންގްކޯސް 100 މީޓަރު ރެކޯޑާއި އަންހެނުންގެ ލޯންގްކޯސް 50 މީޓަރު ފްރީސްޓައިލް އިވެންޓުގެ ރެކޯޑު އަންހެނުންގެ ލޯންގްކޯސް 50 މީޓަރު ބެކްސްޓްރޯކް ރެކޯޑު އަދި އަންހެނުންގެ ލޯންގްކޯސް 100 މީޓަރު ފްރީސްޓައިލް ގައުމީ ރެކޯޑެވެ.
ލޫތު އާކުރީ 50 މީޓަރު ބްރެސްޓްސްރޯކް އަދި 100 މީޓަރު ބްރެސްޓްސްރޯކް ރެކޯޑެވެ. އެ ދެރެކޯޑަކީ ކުރިންވެސް ލޫތު އަތުގައި އޮތް ދެ ރެކޯޑެވެ.
ރިހާން، 200 މީޓަރު ބަޓަފްލައި އިވެންޓްގެ ރެކޯޑު އާކުރި އިރު، ހަތަރުސަތޭކަ މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ރެކޯޑުވެސް މިފަހަރު އޭނާ އާކުރިއެވެ. އެއީ ކުރިންވެސް ރިހާން އަތުގައި އޮތް ދެ ރެކޯޑެވެ. އާން މިފަހަރު ކޮމަންވެލްތު ގޭމްސްގައި އާކުރީ އޭނާފެ 50 މީޓަރު ބެކްސްޓްރޯކް ރެކޯޑެވެ.
ކުރިން 2016 ވަނަ އަހަރު އާމިނަތު ސަޖަން ހަދާފައިވާ އަންހެނުންގެ ލޯންގްކޯސް 200 މީޓަރު ފްރީސްޓައިލް އިވެންޓްގެ ރެކޯޑު މިފަހަރު މިރާލް މުގުރާލި އިރު، އޭނާއާއި ތަޒްކިޔާ، ލޫތު އަދި ރިހާން ވަނީ ހަތަރެއް ގުނަ 100 މީޓަރު މެޑްލޭ މިކްސްޑް ރިލޭގެ ރެކޯޑުވެސް މުގުރާލައިފައެވެ.
އޭގެ އިތުރުންވެސް އެ ހަތަރު އެތުލީޓޫން ވަނީ ހަތަރެއްގުނަ 100 މީޓަރު ފްރީސްޓައިލް މިކްސްޑް ރިލޭގެ ރެކޯޑުވެސް މުގުރާލައިފައެވެ.
ކޮމަންވެލްތު ގޭމްސް
ކޮމަންވެލްތު ގޭމްސް
ކޮމަންވެލްތު ގޭމްސް
ކޮމަންވެލްތު ގޭމްސް
ކޮމެންޓް