މަލްޓި ޔޫތު އެސޯސިއޭޝަން އޮފް ތުލުސްދޫ (މިޔަޓް) އިން އިންތިޒާމު ކޮށްގެން ބާއްވާ ކ. އަތޮޅުގެ އެންމެ ބޮޑު އެއް ކުޅިވަރު ހަރަކާތް، މިޔަޓް ސްޕޯޓްސް ފިއެސްޓާގެ މިޔަޓް ފުޓްސަލް ޗެލެންޖްގެ ގްރޫޕް ސްޓޭޖުގައި އެޕޮކަލިޕްސް އެސްސީން ދެވަނަ މޮޅެއް ހޯދި އިރު، ކަންމަތި އެންޖީން އެފްސީ ކުޑަ ވިލިނގިލި ބަލިކޮށްފިއެވެ.
މިޔަޓް ފުޓްސަލް ޗެލެންޖްގައި ނުވަ ޓީމަކުން ވާދަކުރަމުންދާ އިރު، ގްރޫޕް އޭގައި ފަސް ޓީމު ހިމެނެއެވެ. އަދި ގްރޫޕް ބީގައި ހިމެނެނީ ހަތަރު ޓީމެވެ. މިފަހަރު މުބާރާތް ފެށުމަށް ކުޅުނު މެޗުގައި އެޕޮކަލިޕްސް އެސްސީން ވަނީ މިދިޔަ ދެ އަހަރުގެ ޗެމްޕިއަން ދިއްފުށި އެފްޓީ ބަލިކޮށްފައެވެ.
އެ މޮޅާއެކު ރަނގަޅަށް ފެށި އެޕޮކަލިޕްސްއިން ރޭ ވޭލިއަންޓް އެސްސީ ބަލިކުރީ 5-1 އިންނެވެ. މެޗުގައި ވޭލިއަންޓްގެ މުހައްމަދު ޝައިހާން އަތުން ބައިކޮޅަށް ގޯލެއް ވަން އިރު، އަނެއް ގޯލްތައް އެޕޮކަލިޕްސްއަށް ޖަހައިދިނީ މުހައްމަދު ވިލްފް، އަބްދުﷲ ޝައްފާން (ޝާކާ)، އަހުމަދު އަފްލާޒް އަދި ހުސައިން ޝަރީފް (އޮންލީ) އެވެ.
ވޭލިއަންޓްގެ ހަމައެކަނި ގޯލް ޖެހީ ޝަރޫފް ޝަރީފެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެޕޮކަލިޕްސްގެ އޮންލީއެވެ.
ގްރޫޕް ބީގެ ކަންމަތި އެންޖީން ފުރަތަމަ މޮޅު ހޯދީ ކުޑަ ވިލިނގިލި ކައިރިން 3-1 އިން މޮޅުވެގެންނެވެ. މެޗުގައި ކަންމަތީގެ އަހުމަދު ހުސައިން ދެ ގޯލް ޖެހި އިރު، އެޓީމުގެ އަނެއް ގޯލް ޖެހީ ކައިސާން ބިން ހިސާނެވެ. ކުޑަ ވިލިނގިލީގެ ގޯލް ޖެހީ އަބްދުﷲ އާމިން އަލީއެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ކަންމަތީ އެންޖީގެ އަހުމަދު ހުސައިންނެވެ.
މިއީ މިޔަޓް ފުޓްސަލް ޗެލެންޖް ކުރިއަށްދާ ހަވަނަ ފަހަރެވެ. ކ. އަތޮޅުގެ އެންމެ ޝަރަފުވެރި، އެންމެ އަގުބޮޑު މުބާރާތް މިފަހަރު އެނބުރި އައިސްފައި ވަނީ ޖުމުލަ ނުވަ ޓީމަކާއެކުގައެވެ. ޗެމްޕިއަން ޓީމަށް މިއަހަރު ވެސް 75،000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައިވެއެވެ.
މިޔަޓް ފުޓްސަލް ޗެލެންޖްގެ ގްރޫޕް ސްޓޭޖުގެ ދެމެޗު މިރޭވެސް އޮންނާނެއެވެ.
މިރޭ އޮންނަ މެޗުތައް
21:00 އެކްސް ބޯއީސް - ދިއްފުށި އެފްޓީ
22:00 ބްލެކް އީގަލްސް - ކަންމަތި އެންޖީ
މިޔަޓް ފުޓްސަލް ފިއެސްޓާ
މިޔަޓް ފުޓްސަލް ފިއެސްޓާ
މިޔަޓް ފުޓްސަލް ފިއެސްޓާ
މިޔަޓް ފުޓްސަލް ފިއެސްޓާ
ކޮމެންޓް