ކ. އަތޮޅުގެ އެންމެ އަގުހުރި މުބާރާތަކީ މިޔަޓް ފުޓްސަލް ޗެލެންޖެވެ. މުބާރާތް ފައްކާވެ މިހާރު އެއީ ހަމައެކަނި ފުޓްސަލް މުބާރާތެއް ނޫނެވެ. އެއީ މިހާރު ކުޅިވަރުގެ ބޮޑު އީދެކެވެ. މިފަހަރު މިޔަޓް ސްޕޯޓްސް ފެސްޓިވަލް ވެގެން ދިޔައީ މުޅި ކ. އަތޮޅުގެ ހަރަކާތަކަށެވެ. ކާމިޔާބުކަމާއެކު މިޔަޓް ޔުނިޓީ ރަން ނިންމާލީ ހިނިތުންވުން ގެނެސްދެމުންނެވެ. ޔަޓް ފެމީނާ ފުޓްސަލް މުބާރާތް ވެގެންދިޔައީ އަންހެން ކުޅުންތެރިންނަށް ތަފާތު ފުރުސަތަކަށެވެ. އެ މުބާރާތް ކާމިޔާބުކުރީ މާފުށީ ކަންއުންސިލް އަންހެން ފުޓްސަލް ޓީމުންނެވެ. އޭގެ އިތުރުން އިސްރަށްވެހިންގެ ހަވީރަކާއެކު ވެޓެރަންސް މެޗެއްވެސް ފެނުނެވެ. އެ ހުރިހާ ކަމަކުން މިޔަޓްގެ ހާއްސަވިއެވެ.

ނުވަ ޓީމަކާއެކު ފެށި މުބާރާތް، ގަދަ ދެޓީމަށް ވެއްޖެއެވެ. މިރެއަކީ މިޔަޓް ފުޓްސަލް 75،000 ރުފިޔާގެ ފައިސާގެ އިނާމާއި މުޅި އަތަޮޅުގެ ޝަރަފަށް މިރޭ ނުކުންނާނީ ކުރީގެ ޗެމްޕިއަނުންނެވެ. މުބާރާތަށް، ތުލުސްދުއަކަށް އާ ދެ ނަމެވެސް ނޫނެވެ. އެޕޮކަލިޕްސް އެސްސީއާއި ކަންމަތި އެފްސީގެ ވަރުގަދަ، ތަފާތު ކުރިމަތިލުމަކަށް ތައްޔާރުވެފައިވާ އިރު، މުޅި އަތޮޅުގެ ކަޅި ހުއްޓިފައި ވަނީ މިރޭގެ ފައިނަލް މެޗަށެވެ.

ޗެމްޕިއަނުންގެ ކުރިމަތިލުމެއް

އަފްލާސް: އޭނާއަކީ އެޕޮކަލިޕްސްގެ އެންމެ މުހިއްމު ކުޅުންތެރިޔާ --- ފޮޓޯ/ ގެޓީ

މިރޭގެ ދެޓީމަކީވެސް ފައިނަލަށް އާ ދެޓީމެއް ނޫނެވެ. ކަންމައްޗަކީ 2018އާއި 2019 ވަަނަ އަހަރުވެސް މުބާރާތުގެ ޗެމްޕިއަނުންނެވެ. މިފަހަރު މުބާރާތަށް ނުކުތީވެސް ތަރިންނާއެކުގައެވެ. ހުސައިން ސުހައިލް (ސޮކޭ) އާއި އަހުމަދު ރާހިލް ރަޝީދު (ރާއްކޮ) އަދި އަހުމަދު ހަމީދު (އަންމަޑޭ)އާއި އަބްދުﷲ ޝާފިއު (ޝާއްޕެ) އަކީވެސް ގައުމީ ފުޓްސަލް ޓީމުގައި ހިމެނުނު ކުޅުންތެރިންނެވެ.

ޓީމު ލީޑު ކުރުމުގައި ޔާމިން މުހައްމަދު (ޔާންޓެ) ކެޕްޓަން ބޭންޑްގައި ކުޅެމުންދާ އިރު، ޓީމުގެ ކީޕަރު ތޮލާލް ހަސަން (ޓޮޕްލަކް)ވެސް ދަނީ މުހިއްމު ދައުރެއް އަދާކުރަމުންނެވެ. ހަމައެއާއެކު އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު) ވެސް ވަނީ މުބާރާތުގައި ރަނގަޅު ފޯމެއްގައި ކުޅެފައެވެ.

މެޗަށްފަހު ކަންމަތިން އުފާފާޅުކުރަނީ --- ފޮޓޯ/ އިމޭޖަސް އެމްވީ

މީގެ ކުރިން 2022 ވަނަ އަހަރު ތަށި ހޯދާފައިވާ އެޕޮކަލިޕްސް އެސްސީއަކީ ފެށިއިރުވެސް އެންމެ ވަރުގަދަ އެެއް ސަކޮޑެވެ. ފެވަރިޓެެކެވެ. ކެޕްޓަން އަބްދުﷲ ޝައްފާން (ޝާކާ)ގެ ލީޑާޝިޕް ޓީމުން ފެންނަ އިރު، މުހައްމަދު ވިލްފާއި އަހުމަދު އަފްލާޒް ދަނީ މުބާރާތުގައި ވިދަމުންނެވެ. ހާއްސަކޮށް އަފްލާޒް ހުރީ އާދަޔާހިލާފު ފޯމެއްގައެވެ.

ހުސައިން ޝަރީފް (އޮންލީ)ވެސް މޮޅަށް ކުޅެމުންދާ އިރު، މިރޭގެ މެޗު ހާއްސަވަނީ ތަރިންގެ ކުރިމަތިލުމަކަށް ވާތީއެވެ. މެޗުގެ ރަސްމިއްޔާތު 8:30 ގައި ފެށޭ އިރު، މެޗު ފަށަން ތައްޔާރުވެފައި ވަނީ 21:30 ގައެވެ.