މަޝްހޫރު ފިލްމީ ތަރި އާއިޝަތު ރިޝްމީ އާއި އިވެންޓް މެނޭޖްމަންޓު ކުންފުންޏެއް ކަމަށްވާ ޗޮޕާޓްގެ ޑިރެކްޓަރު މިހުސާ އަބްދުއްސައްތާރު (މިހުސޯ) ކައިވެނިކޮށްފިއެވެ.
މިހުސޯ ވަނީ، ރިޝްމީއާއެކު ނަގާފައިވާ ކައިވެނީގެ ފޮޓޯތައް އޭނާގެ އިންސްޓަގްރާމުގައި އާންމުކޮށްފައެވެ. އެ ދެ މީހުން ކައިވެނިކޮށްފައިވަނީ މިއަދުގެ ވަގުތެއްގައެވެ.
ފޮޓޯތަކާއެކު އިންސްޓަގްރާމުގައި މިހުސޯ ކުރި ޕޯސްޓުގައި ލިޔެފައިވަނީ، ރިޝްމީ "އަނބިމީހާއަށް ވެއްޖެ. އަލްހަމްދުﷲ،" ކަމަށެވެ.
ރިޝްމީ މީގެ ކުރިން ދެ ކައިވެންޏެއް ކޮށްފައިވާ އިރު، އެ ދެ ކައިވެނި ވެސް ކޮށްފައިވަނީ ފިލްމީ ދާއިރާގައި މަސައްކަތްކުރާ ދެ ތަރިން ކަމަށްވާ އަހުމަދު އަޒްމީލް (އަޒޭ) އާއި ރަވީ ފާރޫގާ އެވެ. އޭގެ ތެރެއިން އަޒޭއާއެކު ކުރި ކައިވެންޏަށް ފިރިހެން ދަރިއަކު ހުރެއެވެ.
ވާހަކަ
ބޯހިޔާވަހިކަން
ކޮމެންޓް