ސްކޭމް ކޮށްގެން މީހެއްގެ އެކައުންޓުން ފައިސާ ފޭރުނުކަމުގެ ތުހުމަތުގައި 4 މީހުން ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ، މިދިޔަ އޮކްޓޫބަރު 24 ވަނަ ދުވަހު ކާކުކަން ނޭނގޭ ފަރާތަކުން، މީހަކަށް ގުޅައިގެން އޯޓީޕީ ކޯޑު ހޯދައި، އެ ކޯޑު ބޭނުންކޮށްގެން ބޭންކު އެކްސެސް ހޯދައި، މީހެއްގެ އެކައުންޓުން 63,000 ރުފިޔާއާއި، 21,000 ޑޮލަރު މަކަރާއި ހީލަތުން ފޭރުނު މައްސަލައެއް އެފަރާތަށް ހުށަހެޅި ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ:
- ޏ. ފުވައްމުލައް / ދޫޑިގަން. ގޯލްޑަންގޭޓް، އިބްރާހީމް ޝާރިފް (34އ)
- ފ. ފީއަލި / މަތަރެސްމާގެ، ޖިނާޙު އަހްމަދު (29އ)
- ފ. ނިލަންދޫ / ނަޒުމު، އިބްރާހީމް މުއާޒު (38އ)
- ލ. ގަން / މަތިމަރަދޫ. ލިލީނައިޓް، އަލީ ދާއިން (21އ)
ފުލުހުން ބުނިގޮތުގައި މި މީހުންގެ ތެރެއިން ތިން މީހުން ހައްޔަރުކޮށްފައިވަނީ މިދިޔަ އޮކްޓޫބަރު 28 ވަނަ ދުވަހުއެވެ. އަނެއް މީހާ ހައްޔަރުކޮށްފައިވަނީ އޮކްޓޫބަރު 29 ވަނަ ދުވަހުއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ޖިނާހު އަހްމަދު 10 ދުވަހަށް އަދި ދެން ތިބި ތިން މީހުން ވެސް 15 ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
އިބްރާހިމް ޒަކީ
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކޮމެންޓް